ފްރާންސް ލީގުގައި، އެންމެފަހުގެ ޔޫރަޕް އަދި ލީގު ޗެމްޕިއަން ޕީއެސްޖީން ރޭ ކުޅުނު މެޗުގައި ލިލްއާ އެއްވަރުވެގެން ނިމިއްޖެއެވެ.
މި ސީޒަނުގެ ފެށުން ޕީއެސްޖީއަށް ވަނީ އުނދަގޫވެފައެވެ. ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް ޕީއެސްޖީ އެއްވަރުވެފައިވާ އިރު، ރެންއާ ކުޅުނު ފުރަތަމަ މެޗުންވެސް އެއްވަރުވީ ފަހުގުތުއެވެ. ރޭ ލިލް ކައިރިން 2-2 އިން އެއްވަރުވި މެޗުގައިވެސް ޕީއެސްޖީގެ ދެ ގޯލް ފެނުނީ އިތުރު ވަގުތުގެ ތެރޭގައެވެ.
ކާލޯ އެންޗެލޮޓީގެ އެސިސްޓެންޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް މަސައްކަތް ކޮށް، ލިލްއާ މި ސީޒަނަށް ހަވާލުވެ ހުރި އޭނާގެ ދަރިފުޅު ޑާވިޑޭ އެންޗެލޮޓީ އިރުޝާދުގެ ދަށުން އެޓީމުން ވަނީ ޕީއެސްޖީ ކައިރިން ދެ ގޯލްގެ ލީޑެއް ނަގައިފައެވެ.
ހަކޯން އަރްނާ ހަރަލްޑްސަން 21 ވަނަ މިނެޓުގައި ލިލްއަށް ލީޑު ނަގައިދިން އިރު، އޭގެ ކުރިން އޮލިވިއާ ޖިރޫގެ ހަމަލާ ކާމިޔާބެއް ނުވިއެވެ. އަނެއްކޮޅުން ޕީއެސްޖީގެ އަޝްރަފް ހަކީމީ ފޮނުވާލި ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ.
ފުރަތަމަ ހާފުގައި ޕީއެސްޖީއަށް މާބޮޑު ނުރައްކަލެއް ކުރިމަތިކުރެވިފައި ނުވާ އިރު، ޑިލޭން ބަކްވާ ވަނީ ދެވަނަ ހާފުގައި ލިލްއަށް ދެވަނަ ގޯލެއް ޖަހައިދިނީ އިތުބާރު ހޯދައިދީފައެވެ.
އެ ދެ ގޯލާއެކު މޮޅުވާން ދަނިކޮށް، 91 ވަނަ މިނެޓުގައި ވިޓީނިއާ ވަނީ ޕީއެސްޖީގެ ފުރަތަމަ ގޯލް ޖަހައިދީފައެވެ. އަދި މެޗު ނިމެން ދަނިކޮށް، ވިޓީނިއާގެ ބޯޅައިން ކެޕްޓަން މާކީނިއޯސް ވަނީ ޕީއެސްޖީގެ ދެވަނަ ގޯލް ޖަހައިދިނީ މެޗު އެއްވަރު ކޮށްދީފައެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ކޮމެންޓް