އަންނަ މަހު ޖަޕާނުގެ އައިޗީ-ނަގޯޔާގައި އޮންނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް ޓީމު އިއުލާނު ކޮށްފިއެވެ.
އޭޝިއަން ގޭމްސްގައި ރާއްޖޭން ހަތް ކުޅިވަރަކުން ވާދަކުރާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ވަނީ ބުނެފައެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންގައެވެ.
އެތުލެޓިކްސް ޓީމުގައި މިފަހަރު ހިމެނުނީ ފިރިހެން ހަ އެތުލީޓުންނެވެ. އެގޮތުން ޖަޕާނުގައި ރާއްޖެ ތަމްސީލުކުރާނީ އާދަމް ރިއްފަތު، ހަސަން ސާއިދު، ހުސެއިން ޒީކް ސުއާދު، ޒުއިޒު މުހައްމަދު ސުއާދު، އިބާދުﷲ އާދަމް އަދި އިބްރާހިމް ނާހިލް ނިޒާރެވެ. ޖަޕާނުގައި އޮންނަ އޭޝިއަން ގޭމްސް ތާވަލު ކޮށްފައި ވަނީ އަންނަ މަހު 19 އިން އޮކްޓޫބަރު ހަތަރަކަށެވެ.
އެތުލެޓިކްސްގައި ރާއްޖޭން ވާދަކުރަން ހަމަޖެހިފައިވާ އިވެންޓްތަކަށް ބަލާއިރު، އިބާދުﷲ އާއި ސާއިދު ވާދަކުރާނީ 100 މީޓަރު ދުވުމުގައެވެ. ނާހިލްއާއި ޒުއިޒު 200 މީޓަރު ދުވުމުގައި ވާދަކުރާ އިރު، ޒީކާއި ރިއްފަތު 400 މީޓަރު ދުވުމުގައި ވާދަކުރާނެއެވެ. އޭގެ އިތުރުން ރިލޭ ދެ އިވެންޓެއްގައި ރާއްޖޭން ވާދަކުރަން ވަނީ ނިންމައިފައެވެ. އެއީ ހަތަރެއް ގުނަ 100 މީޓަރާއި ހަތަރެއް ގުނަ 400 މީޓަރު ރޭހުގައެވެ.
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
ކޮމެންޓް