ޓެރަރިޒަމަށް ވާގިވެރިވާ ލިސްޓުން ސީރިއާ އުނިކުރުމުން ރާއްޖޭން މަރުހަބާ ކިޔައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގެ އެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން ސީރިއާގެ ތަރައްގީ އާއި ކުރިއެރުމަށް އަދި އަލުން އާރާސްތުކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ.
ރާއްޖޭން އަބަދުވެސް ތާއީދު ކުރާނީ މިނިވަން، އަމަން އަދި ސުލްހަވެރި ސީރިއާއަކަށް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުގައި އެމެރިކާއިން ސީރިއާ ހިމެނީ 1970 ގެ ފަހުކޮޅެވެ. އެ ލިސްޓުގައި ސީރިއާ ހިމެނީ ފަލަސްތީނުގައި ޖިހާދު ކުރާ މުސްލިމުންނަށް ވާގިވެރިވާކަމުގެ ތުހުމަތުގައެވެ.
އަލް-ޝަރާގެ ނުސްރާ ޖަމާއަތުން ސީރިއާގެ ޑިކްޓޭޓަރު ބަޝަރު އަލް-އައްސަދުގެ ވެރިކަން ވައްޓާލައި އާ ސަރުކާރެއް އެކުލަވައިލީ ޑިސެމްބަރު، 2024، ގަ އެވެ. އެއާއެކު ސީރިއާގައި ކުރިއަށްދިޔަ ދާހިލީ ހަނގުރާމަ 14 އަހަރަށްފަހު ވަނީ ނިމުމަކަށް އައިސްފައެވެ.
ސީރިއާއަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރާއްޖެއިން ކަނޑައަޅާފައިވާ ގައުމެކެވެ. އަދި ރައީސް އަލް-ޝަރާގެ ނުސްރާއަކީ ޓެރަރިސްޓު ޖަމާއެއްތެ ގޮތުގައި ވެސް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ކޮމެންޓް