މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 3.8 ޕަސެންޓުގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1.46 މިލިއަން ޓޫރިސްޓުންނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކުގެ ގޮތުގައި އަދިވެސް އޮތީ ޗައިނާއެވެ. އެގޮތުން 258,675 ފަތުރުވެރިންނާ އެކު އެއްވަނައިގައި ޗައިނާ އޮތް އިރު، ދެ ވަނައިގައި 203,162 ފަތުރުވެރިންނާއެކު އޮތީ ރަޝިޔާއެވެ. އަދި ތިން ވަނައިގައި 108,079 ފަތުރުވެރިންނާއެކު އޮތީ އިނގިރޭސިވިލާތެވެ.
ފަތުރުވެރިންގެ ތެރެއިން 73.4 ޕަސެންޓް މީހުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 22.2 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ކްރޫޒް ލައިނާތަކުން މި އަހަރުގެ މިހާތަނަށް 25,868 ޓޫރިސްޓުން އައިސްފައިވެއެވެ.
އެންމެ ގިނަ ފަތުރުވެރިން ދަތުރުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާޕޯޓަށް 1,379,303 މިލިއަން ފަތުރުވެރިން އައި އިރު، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށްފައިވަނީ 4,968 ފަތުރުވެރިންނެވެ.
ފަތުރުވެރިން
ފަތުރުވެރިން
ފަތުރުވެރިން
ފަތުރުވެރިން
ކޮމެންޓް