ކުރިން ލިވަޕޫލަށް މުހައްމަދު ސަލާހާއެކު ކުޅުނު ފަބީނިއޯ، މިހާރު ސަލާހް ކުޅެމުންދާ ތުރުކީ ލީގުގެ ޓްރަބްޒޮންސްޕޯރަށް ސޮއިކޮށްފިއެވެ.

ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ އެ ގައުމާއެކު ވޯލްޑް ކަޕްގައިވެސް ފެނިގެން ގޮސްފައިވާ އިރު، އޭނާ ތުރުކީ ލީގަށް ދިޔައީ ބޮޑު މުސާރައެއްގައެވެ. އުމުރުން 32 އަހަރުގެ ފަބީނިއޯ ސޮއެކުރީ 3.03 މިލިއަން ޑޮލަރުގެ ބޯނަސްއެއްގެ އިތުރުން ކޮންމެ ސީޒަނެއްގައި 1.63 މިލިއަން ޑޮލަރުގެ މުސާރައަކަށެވެ.

ލިވަޕޫލާއެކު ގިނަ ދުވަސްތަކެއް ހޭދަކުރި ފަބީނިއޯ އެ ކްލަބާއެކު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ އިތުރުން ލީގު ކަޕާއި އެފްއޭ ކަޕްވެސް ހޯދުމަށްފަހު ސައުދީ އަރަބިއާގެ އަލް އިއްތިހާދާ ގުޅުނީ 2023 ވަނަ އަހަރުއެވެ. ފަބީނިއޯ ވަނީ ސައުދީ ލީގު، އެ ކްލަބާއެކު ހޯދައިފައެވެ.

ސައުދީ ލީގު ދޫކޮށް ފަބީނިއޯ ތުރުކީ ލީގަށް ދާން ނިންމާފައިވާ އިރު، ލިވަޕޫލާއެކު އޭނާއާއެކު މޮޅަށް ކުޅުނު ސަލާހްވެސް މިހާރު ހުރީ ޓްރަބްޒޮންސްޕޯރުގައެވެ. ފަބީނިއޯ ބުނީ ލިވަޕޫލްގައި ފަސް އަހަރު ދުވަހު ސަލާހާއެކު ކުޅުމުގެ ޝަރަފު ލިބުނު ކަމަށާއި އަލުން އޭނާއާއެކު ކުޅެން ފުރުސަތު ލިބުމަކީ އުފަލެއް ކަމަށެވެ.

އުމުރުން 34 އަހަރުގެ ސަލާހް އެ ކްލަބާއެކު ކުޅުނު ފުރަތަމަ މެޗުގައިވެސް ގޯލް ޖަހާފައިވެއެވެ.