ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެ މުވައްޒަފުގެ އެކައުންޓަކަށް ޖަމާކުރަން ޖެހޭ ގޮތަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދަށް މިއަދު އިސްލާހު ގެނެސްފިއެވެ.
މިބަދަލު ގެނެސްފައިވަނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ގެނައި ތިން ވަނަ އިސްލާހުގައެވެ. މި އިސްލާހުގައި ވަނީ އެ ގަވާއިދުގެ 58 ވަނަ މާއްދާގެ "ނ"ގެ ފަހަތަށް "ރ" ހިމަނައި ބައެއް އިތުރުކޮށްފައެވެ.
މި އިސްލާހުގައި ވަނީރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަން ވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަކަށް ކަމަށެވެ.
މި އާ ބަދަލަށް އަމަލުކުރަން ފަށާނީ މި ގަވައިދު ޝާއިއުކުރާތާ އެއް މަސް ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.
ވަޒީފާއާބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނެވުނު އިސްލާހެއްގެ ދަށުން ބިދޭސީންގެ މުސާރަ ބޭންކު އެކައުންޓު މެދުވެރިކޮށް ދިނުން ކުރިންވެސް ލާޒިމުކޮށްފައިވެއެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ކޮމެންޓް