ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ ޑޮލަރު ހޭދަކުރާ ގޮތް މޮނިޓާ ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، ޑޮލަރު ލިބޭ މިންވަރު އިތުރުކުރުމަށް ތިން ފިޔަވަޅެއް އަޅަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ފިޔަވަޅުތައް އެޅުމަށް ގާނޫނަށް އިސްލާހުތަކެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ:
- ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 20 ޕަސަންޓު އެމްއެމްއޭއަށް މާރުކުރަން ޖެހޭ ގޮތަށް އޮތް އިސްލާހު ބަދަލުކޮށް 40 ޕަސަންޓަށް އިތުރުކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހު ކުރުން
- ރިސޯޓުތަކުން އެމްއެމްއޭއަށް ޑޮލަރު މާރުކުރަން ޖެހޭ މުއްދަތު ތިން ދުވަހުން އެއް ދުވަހަށް ބަދަލުކުރުމަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހު ކުރުން
- ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ ޑޮލަރު ހޭދަކުރާ ގޮތް މޮނިޓާކުރުން
މުނައްވަރު ވިދާޅުވީ، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ބްލެކްމާކެޓުގައި ޑޮލަރު މާރުކުރާ ކަމަށެވެ.
"ތިން ވަނަ ބަދަލަކަށް މިހާރު ދީފައި ހުރި އެކްޒެމްޝަންތަކުގެ ތެރެއިން އާމްދަނީ ލިބޭކަމުގައިވާ ނަމަ އަގުކުރެވިގެން ޕޭމެންޓު އެބަ ދެއްކޭ ބޭރު ފައިސާއިންވެސް، އެކަމު ބޭރު ފައިސާއިން ފައިސާ ދެއްކިކަމުގައިވީނަމަވެސް އަޅުގަނޑުމެންނަށް އެބަ އެނގެން ޖެހޭ ކޮން ކަމަކަށްތޯ އެ ލިބޭ އާމްދަނީ އެ ބޭފުޅުން ހޭދަކުރަނީ." ގަވަރުނަރު ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، ބްލެކް މާކެޓުގައި ބޮޑެތި އަދަދުތަކުން ޑޮލަރު މާރުކުރަނީ ބޮޑެތި ރިސޯޓުތަކާއި ބައެއް ސިޔާސީ ފަރާތްތަކުގެ އިތުރުން ކޮންސްޓްރަކްޝަން އިންޑަސްޓްރީން ކަމަށެވެ. އެގޮތުން އެ ފަދަ ފަރާތްތަކުން މާރުކުރާ ޑޮލަރު އެތައް މިލިއަން ޑޮލަރަކަށް އަރާ ކަމަށް ވިދާޅުވިއެވެ.
އަލީ ޔާމިން
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް