މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައި ބިދޭސީންތަކަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މއ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 5:27 ހާއިރު ކަމަށެވެ. އެ ގޭގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ.
މި ހާދިސާގައި އަނިޔާވި ހަތަރު ބިދޭސީއަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.އެއީ ބަންގްލަދޭޝް ދެ މީހުންނާއި އިންޑިއާ ދެ މީހުންނެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.
ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަލީ ޔާމިން
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
ކޮމެންޓް