ޕީއެސްޖީގެ ސްޓޭޑިއަމް ޕާކް ޑެ ޕްރާންސްގެ ހާލަތާމެދު ކަންބޮޑުވާ ކަމަށް ކޯޗު ލުއިސް އެންރިކޭ ބުނެފިއެވެ.

ފްރާންސްގެ ތާރީހުގައިވެސް މިދިޔަ ޖުލައި މަހަކީ އެންމެ ހޫނުގަދަ މަސް ކަމަށް ރެކޯޑު ކުރެވިފައިވާ އިރު، އެ "ހީޓް ވޭވް"ގެ އަސަރު ޕީއެސްޖީ ދަނޑުގެ ވިނަގަނޑަށް ވަނީ ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޕީއެސްޖީން މިހަފުތާ ލީގުގައި ކުޅޭ މެޗު، އިދިކޮޅަށް ނުކުންނަ ސްޓޭޑް ރެނޭގެ ދަނޑު ކަމަށްވާ ރޯޒޯން ޕާކަށް ވަނީ ބަދަލުކުރަން ޖެހިފައެވެ.

އެ މެޗަށް ޕީއެސްޖީން ތައްޔާރުވީ ހޯމް މެޗަކަށް ނަމަވެސް، އެ ވިސްނުން ބަދަލުކުރަން ޖެހުނީ މެޗު ކުޅޭ ދަނޑު ބަދަލުކުރަން މަޖުބޫރުވުމުންނެވެ. އެކަމާ އެންރިކޭ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަހަރެމެން ފުރަތަމަ ތަމްރީނުތައް ހެދީ އެހެން ހޯމް މެޗުތަކަށްވެސް ތަމްރީނުތައް ފުރިހަމަކުރާ ގޮތަށް. އެކަމަކު މިހާރު މި ޖެހެނީ ބަދަލުތަކެއް ގެންނަން. އެކަންކަމަކީ އަހަންނަށް ކޮންޓްރޯލް ވާނެ ކަންތަކެއް ނޫން. އެއީ ޗެލެންޖެއް. އަހަރެން މިހާރު ކަންބޮޑުވޭ ޕާކް ޑެ ޕްރާންސްގެ ހާލަތަށް. އެއީ އަހަރެމެންނަކީ އެޓޭކިން، ހިތްގައިމު ފުޓުބޯޅައެއް ކުޅެން ބޭނުންވާ ޓީމެއް. މިހާރު ދަނޑު އޮތް ހާލަތުން އެ ފުރުސަތު ލިބެން ދުވަސް ނަގާފާނެ،" ޕީއެސްޖީއާއެކު މިދިޔަ ދެ ސީޒަނުގައިވެސް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި އެންރިކޭ ބުންޏެވެ.

ޕީއެސްޖީން މި ސީޒަން ފަށަން ކުޅުނު ސުޕަ ކަޕް މެޗުގައި ލެންސް ކައިރިންވީ ބައްޔެވެ. އެއީ 1-0 ގެ ނަތީޖާއަކުންނެވެ.