އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ދެއްވި އިގުތިސާދީ އިންޒާރުތަކަކީ ނާކާމިޔާބުވެފައިވާ ސިޔާސަތެއް ކަމަށް އިރާނުން ބުނެފިއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، ޓްރަމްޕް ދެއްވި އިންޒާރުތަކަކީ “ނާކާމިޔާބު ސިޔާސަތުތަކެއް” ކަމަށާއި، އޭގެ ސަބަބުން އީރާނުގެ ރައްޔިތުންގެ މެދުގައި ނަފުރަތު އިތުރުވެ، އިތުރު ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހުން ނޫން ކަމެއް ނުވާނެއެވެ. އަރަގްޗީ މިހެން ވިދާޅުވީ، އީރާނާ ދެކޮޅަށް އިގުތިސާދީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވާފައި ވަނިކޮށެވެ. އަރަގްޗީ އިތުރަށް ވިދާޅުވި ގޮތުގައި، މި އިންޒާރުތަކަކީ އެމެރިކާގެ އެތެރޭގެ މާލީ މައްސަލަތަކުން އާންމުންގެ ސަމާލުކަން އަނބުރާލުމަށް ކުރާ ކަމެކެވެ.
މީގެ އިތުރުން، އިންޑިއާގެ މުމްބާއީގައި ހުންނަވާ އީރާނުގެ ކޮންސުލް ޖެނެރަލް ސައީދު ރެޒާ މޮސަޔެބް މޮތްލަގް އޭއެންއައި ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފެބްރުއަރީ 28 ގައި ފެށި ހުޅަނގު އޭޝިއާގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެމެރިކާއާއެކު މަޝްވަރާކުރަން އީރާނުން އޮތީ ޝަރުތުތަކަކާއެކު ތައްޔާރަށް ކަމަށެވެ. ނަމަވެސް، އޭނާ ފާހަގަކުރެއްވި ގޮތުގައި އެމެރިކާއިން މަޝްވަރާތަކަށް ތައްޔާރުވަނީ ހަމައެކަނި އެ ގައުމުގެ އަމިއްލަ މަސްލަހަތު އޮންނަ ހާލަތްތަކުގައެވެ.
ދެ ގައުމުގެ ދެމެދުގައި ސިއްރު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ބުނެ ފެތުރޭ ވާހަކަތައް ދޮގުކުރައްވައި، މޮތްލަގް ވިދާޅުވީ ނަތީޖާއެއް ނެރެވޭ ފަދަ މަޝްވަރާތަކެއް ފެށޭނީ އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކެއް ފުރިހަމަވުމުން ކަމަށެވެ. އޭގެ ތެރޭގައި އެމެރިކާއިން ސަރަހައްދުގައި ހިންގާ އަމަލުތައް ހުއްޓާލުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް