މާލޭގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން މިރޭ ބުނީ މާފަނުންނުގައި ހުންނަ ގެސްޓްހައުސްއެއްގައި މީހަކު މަރުވެފައި އޮތްކަމުގެ މައުލޫމާތު މިއަދު ހަވީރު 5:51 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މަރުވެފައި އޮއްވައި ފެނިފައިވަނީ ހއ. މޮޅަދޫ، އޯސަނިކްވިލާ، އިބްރާހީމް ނައީމް (45އ) އެވެ. އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ކޮމެންޓް