ހަމުގެ އާދަޔާހިލާފު ބައްޔެއްގެ ސަބަބުން ގިނަ ވަގުތު ފެންގަނޑެއްގެ ތެރޭގައި އޮންނަން ޖެހިފައިވާ އިންޑިއާގެ ހުޅަނގު ބެންގޯލްގެ އުމުރުން 16 އަހަރުގެ ކުއްޖަކު، ރިލަޔަންސް އިންޑަސްޓްރީޒްގެ އެގްޒެކެޓިވް ޑިރެކްޓަރު އަނަންތު އަމްބާނީގެ އެހީތެރިކަމާއެކު ފަރުވާއަށް މުމްބާއީއަށް ގެންގޮސްފިއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުޅަނގު ބެންގޯލްގެ މުރުޝިދާބާދަށް ނިސްބަތްވާ އިގްބާލް ޝެއިހް މުމްބާއީއަށް ގެންގޮސްފައިވަނީ ވައިގެ މަގުންނެވެ.
އޭނާ މިހާރު ވަނީ ސަރ އެޗްއެން ރިލަޔަންސް ފައުންޑޭޝަން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައެވެ. އިގްބާލްގެ އާއިލާއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ފެނުން ބޭރުގައި ހުންނަ ވަގުތުތަކުގައި އޭނާގެ މުޅި ހަށިގަނޑުން ގަދަޔަށް ދިލަނަގައި ހޫނުވާ ކަމުގެ އިހުސާސްކުރެވެއެވެ. އެހެންކަމުން، އެކަމަށް ލުޔެއް ހޯދުމަށް އޭނާ ގިނަ ވަގުތު ހޭދަކުރަނީ ރަށުގެ ފެންގަނޑުތަކަށް އެރިއޮވެގެންނެވެ.
އިގްބާލް ފެންގަނޑެއްގެ ތެރޭގައި އޮވެ ކައިބޮއި ހަދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބުނެވެ. އާއިލާއިން ބުނި ގޮތުގައި، މީގެ ކުރިންވެސް އޭނާއަށް ފަރުވާ ހޯދުމަށް އެކި ހޮސްޕިޓަލުތަކަށް ދެއްކި ނަމަވެސް، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދިގު މުއްދަތަކަށް ފަރުވާ ކުރިއަށްގެންދެވޭނެ ގޮތެއް ނުވިއެވެ. އަނަންތު އަމްބާނީ މިކަމުގެ ތެރެއަށް ވަނީ އާއިލާއިން މީސްމީޑިއާގައި ވެފައިވާ އާދޭސްތައް ފެނިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުމްބާއީގެ ހޮސްޕިޓަލުގެ ޑޮކްޓަރުން މިހާރު އަންނަނީ އިގްބާލްގެ ބަލީގެ އަސްލު ދެނެގަތުމަށްޓަކައި ތަހުލީލުތައް ކުރަމުންނެވެ. ބައެއް ޑޮކްޓަރުން ލަފާކުރާ ގޮތުގައި މިއީ "އެރިތްރޯމެލަލްޖިއާ" ކިޔާ ހަމުގެ ނާދިރު ބައްޔަކަށް ވުން އެކަށީގެންވެއެވެ. މީގެ އިތުރުން، ގިނަ ވަގުތު ފެނުގައި އޮތުމުގެ ސަބަބުން ހަމަށް ލިބިދާނެ ގެއްލުންތަކާއި، ފަންގަސް އަދި ބެކްޓީރިއާގެ އިންފެކްޝަންތައް އުފެދުމުގެ ނުރައްކާ ބޮޑުކަމަށް ހަމުގެ ހާއްސަ ޑޮކްޓަރުން ވަނީ އިންޒާރުދީފައެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް