ފްރާންސްގެ ކުރީގެ މިޑްފީލްޑަރި ޕެޓްރިކް ވިއެރާ، ސެނެގާލް ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.
ސެނެގާލްގެ ވެރިރަށް ޑަކާރަށް އުފަން ވިއެރާ މަގާމާ ހަވާލުވިކަން ސެނެގާލުން ޔަގީން ކޮށްދީފައިވާ އިރު، އޭނާ އެމަގާމާ ހަވާލުވީ ވޯލްޑް ކަޕުގައި އެގައުމުގެ ކޯޗަކަށް ހުރި ޕެޕް ޗައު މަގާމު ދޫކޮށްލުމުންނެވެ. ސެނެގާލުން ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުން ކަޓާފައިވާ އިރު، އެގައުމުގެ ފަރާތުން ފެނުނީ އުންމީދުކުރި ވަރަށްވުރެ ދަށް ކުޅުމެކެވެ.
ސެނެގާލުން ބުނެފައި ވަނީ ވިއެރާ މަގާމާ ހަވާލުވާން އެއްބަސްވެފައިވާ ކަމަށާއި، ރަސްމީކޮށް އޭނާ އިއުލާނުކޮށް، ދެން އޮތް މަރުހަލާތަކުގައި ކުރިއަށްދާ މިންވަރަކުން އެކަންކަން މީޑިއާއަށް ހިއްސާ ކުރަމުންދާނެ ކަމަށެވެ.
މިއީ 50 އަހަރުގެ ވިއެރާ ގައުމީ ޓީމެއްގެ ކޯޗުކަމާ ހަވާލުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނި ފްރާންސާއި އިންގްލެންޑް އަދި އިޓަލީގެ ކްލަބުތަކަށް ކޯޗުކަން ކޮށްދީފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލެސްއާއި ފްރާންސްގެ ނީސްއާއި ސްޓްރެސްބާގް އަދި އިޓަލީގެ ޖެނޯއާއަށް ވިއެރާ ކޯޗުކަން ކޮށްދިނެވެ.
ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ވިއެރާ ވަނީ ފްރާންސާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯވެސް ހޯދައިފައެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ވިއެރާ އެންމެ ވިދާލި ކްލަބަކީ އާސެނަލެވެ. އެ ކްލަބަށް 400 އަށްވުރެ ގިނަ މެޗު ކުޅެ، ތިން ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދާފައިވެއެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ކޮމެންޓް