ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާ، އަނެއްކާވެސް ކުއްލިއަކަށް ދަނޑު މައްޗަށް ވެއްޓިފައިވާ އިރު، ނާރު ބައްޔަކަށް ފަރުވާ ދޭން ޖެހިފައިވާ ކަމަށް އޭނާ ބުނެފިއެވެ.
އުމުރުން 23 އަހަރު މުސިއާލާ، މިދިޔަ ހަތަރު ދުވަހުގެ ތެރޭގައި ދެމެޗެއްގެ ތެރެއިން ކުއްލިއަކަށް ވެއްޓިފައިވެއެވެ. އެންމެފަހުން ރޭ ވެއްޓުނީ ބަޔާނުން ހެއިޑެންހެއިމްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ. އެމެޗުން 4-2 އިން ބަޔާން މޮޅުވި އިރު، މުސިއާލާ ކުޅެން ނުކުތީ ބަދަލަކަށެވެ. އޭނާ ވެއްޓުނީ ކުޅެން ނުކުތްތާ ހަ މިނެޓް ފަހުންނެވެ.
މުސިއާލާ ކުރިން ވެއްޓުނީ ބަޔާނުން ލެއިޕްޒިގާ ދެކޮޅަށް ކުޅެ، 3-1 އިން މޮޅުވި މެޗުގައެވެ.
"އަހަރެންގެ ބަލި ޑޮކްޓަރު ވަނީ މިހާރު ދެނެގަނެފައި. އެއީ ވަގުތީ، އަދި އަވަހަށް ފަރުވާ ކުރެވޭނެ ނާރުގެ ބައްޔެއް. އެއީ ކުއްލިއަށް ދިމާވި ނާރުގެ ކަމެއް، އެކަމަށް މިހާރު ދަނީ ފަރުވާދެމުން،" މުސިއާލާ ބުނެފައިވެއެވެ.
މުސިއާލާ ބުނީ "ނިއުރޮލޮޖިކަލް ޑިސްފަންކްޝަންސް"ގެ ސަބަބުން ހެއިންޑެންހެއިމް މެޗުގައި ދިމާވި ކަހަލަ ކަންކަން ދިމާވުމަށް ފުރުސަތު އޮންނާނެ ކަމަށާއި، ފެންނަ ފެނުމަށް އެއީ ނުރައްކާތެރި ކަމެއް ނަމަވެސް، އެއީ މިހާރު އާންމުކޮށް ކުރިމަތިވާ ކަމެއް ކަމަށެވެ. އެކަމަށް އެންމެ ރަނގަޅު ފަރުވާއާއެކު ވަރަށް އަވަހާ ރިކަވާ ވާނެކަމުގެ އުންމީދު އެބައޮތް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މުސިއާލާ މިހާތަނަށް ބަޔާނަށް 231 މެޗު ކުޅެފައިވާ އިރު، މިދިޔަ ސީޒަނުގައި އޭނާއަށް ވަނީ ކުޑަހުޅުގެ ބޮޑު އަނިޔާއެއް ކުރިމަތިވެ، ކުޅުމާ ދުރަށް ދާން ޖެހިފައެވެ. އެހެން ނަމަވެސް ސީޒަނުގެ ފަހުކޮޅަށް ފިޓްވެ، ވޯލްޑް ކަޕްގައި ޖަރުމަނަށްވެސް ކުޅެފައިވެއެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ކޮމެންޓް