އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ކުރި ހަނގުރާމައިން އަސްކަރީ އަދި ސިޔާސީ ގޮތުން އީރާނަށް ކާމިޔާބީ ލިބިއްޖެ ކަމަށް، އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރް ގާލިބާފް ވިދާޅުވެއްޖެއެވެ.
އީރާނުގެ ފާރސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގާލިބާފް ވިދާޅުވީ މިއީ އެމެރިކާއާއި އިސްރާއީލުން އިސްވެ ފެށި “ފިނޑި” ހަނގުރާމައެއް ކަމަށެވެ. ނަމަވެސް އީރާނުގެ ރައްޔިތުން އެ ހަނގުރާމައިގައި ބައިވެރިވީ ވަރަށް ހިތްވަރާއި، ފިރިހެންވަންތަކަމާއި، އިހުލާސްތެރިކަމާއެކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އީރާނާއި އެމެރިކާއާ ދެމެދު އެކުލަވައިލި ފަހުމުނާމާއަކީ “ޝަރަފާއި ކާމިޔާބީގެ ލިޔުމެއް” ކަމަށް ގާލިބާފް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ފަހުމުނާމާގެ ސަބަބުން ޑިޕްލޮމެޓިކް މައިދާނުގައި އީރާނަށް ލިބުނު ކުރިއެރުންތައް ވަނީ ކަށަވަރުވެފައެވެ.
ގާލިބާފް މިހެން ވިދާޅުވެފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ކުރިމަތިލުންތަކަށްފަހު، އިސްލާމްއާބާދު ފަހުމުނާމާގެ ނަމުން ނަންދީފައިވާ އެއްބަސްވުމެއް އެކުލަވާލާފައިވާ ދަނޑިވަޅެއްގައެވެ. ފާރސް ނިއުސް އެޖެންސީން ބުނާ ގޮތުގައި، މި އެއްބަސްވުމަކީ އީރާނުން ބޭނުންވި ގޮތަށް ކަންކަން ނިންމުމަށް މަގުފަހިކޮށްދިން ލިޔުމެކެވެ.
އިރާނުން މިހެން ބުނެފައިވާއިރު، އިއްޔެ އެ ގައުމުން ވަނީ މި ހަނގުރާމައިން ރީތިކޮށް ބަލިވެއްޖެކަން ގަބޫލުކުރަން ވެސް އެމެރިކާއަށް ގޮވާލައިފައެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް