އެތުލެޓިކޯ މެޑްރިޑުން ޓޮޓެންހަމްގެ ކެޕްޓަން، އާޖެންޓީނާގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯގެ ސޮއި ހޯދައިފިއެެވެ.

ރޮމޭރޯ، 28، އެތުލެޓިކޯއާ ގުޅުނު އަގު ދެ ކްލަބުންވެސް ހާމަކޮށްފައެއް ނުވެއެވެ. ހަބަރުތައް ބުނެފައި ވަނީ ރޮމޭރޯ އެތުލެޓިކޯއަށް ބަދަލުވީ 34.2 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައި ކަމަށެވެ. ރޮމޭރޯ، މިދިޔަ ހުކުރު ދުވަހު ޓޮޓެންހަމްއަށް އަލްވަދާއު ކިޔާފައިވާ އިރު، ރޮމޭރޯ ވަނީ އެ ކްލަބަށް 156 މެޗު ކުޅެފައިވެއެވެ.

އާޖެންޓީނާއާއެކު 2022 ވަނަ އަހަރު ވޯލްޑް ކާމިޔާބުކޮށް، 2026 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލަށްވެސް ދިޔަ ރޮމޭރޯ، 2021 ވަނަ އަހަރު ޓޮޓެންހަމްއާ ގުޅުނީ އެޓަލާންޓާއިންނެވެ. ފުރަތަމަ ލޯން އެއްބަސްވުމެއްގައި ގުޅުނު ނަމަވެސް، ފަހުން އޭނާ ވަނީ ދާއިމީ ޓްރާންސްފާއެއްގައި އެ ކްލަބާ ގުޅިފައެވެ.

މިދިޔަ ސީޒަނުގައި ޓޮޓެންހަމްއިން ރެލިގޭޝަނާ ހަނގުރާމަ ކުރަމުން ގޮސްފައިވާ އިރު، ލީގުގެ އެޓީމުން ރެލިގޭޝަނުން ސަލާމަތްވާން އެންމެފަހުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ރޮމޭރޯ ނުކުޅުމުން އޭނާއަށް އޮތީ ނުރުހުން އަމާޒުވެފައެވެ.

ރޮމޭރޯ ސީޒަން ނުނިމެނީސް ޓޮޓެންހަމް ދޫކޮށް އާޖެންޓީނާއަށް ދިޔައީ ގައުމީ ޓީމަށް ސަމާލުކަން ދޭށެވެ.