މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގ. ކްރެބް ޓްރީގައި ހުރި ކޮޓަރިއެއްގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:09 ހާއިރު ކަމަށާއި ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ނިންވާލައިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވީ އެ ކޮޓަރީގައި ހުރި ކަރަންޓު ސޮކެޓެއްގައި ކަމަށެވެ. އެ ހާދިސާގައި ކޮޓަރީގައިވާ ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ކޮޓަރިއަކީ ބިދޭސީން ދިރިއުޅެމުން އައި ކޮޓަރިއެކެވެ.

މާލޭގެ ގެއެއްގެ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގިއިރު ރޭގެ ވަގުތެއްގައިވެސް ވަނީ މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ.