ރޭ ހ. ފަހިވައިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފިއެވެ.
ފުލުހުން ބުނި ގޮތުގައި ރޭ 8:41 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގީ ބޮޑުރަސްގެފާނު މަގުގައި ހުންނަ ހ. ފަހިވައިގޭގެ ހަތް ވަނަ ފަންގިފިލާގައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ އެ ގޭގެ ހަތް ވަނަ ފަންގިފިލާގައި ހުރި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ސިޓިންރޫމުގައެވެ.
އެ ހާދިސާގައި އެ އެޕާޓްމަންޓުގައި ދިރިއުޅޭ އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ފުލުހުން ރޭ ބުނި ގޮތުގައި މި ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެންގޮސް އަނިޔާވުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި ރޭ ދަންވަރު ކުރި ޕޯސްޓެއްގައި ބުނީ، އެ އެޕާޓްމަންޓުގައި ދިރިއުޅެމުންދިޔަ ހަތަރު މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ.
މީގެ އިތުރުން އެންޑީއެމްއޭއިން ބުނީ މި ހާދިސާގެ ސަބަބުން އެ އިމާރާތުގެ ބައެއް ފަންގިފިލާތަކަށް ދުމުގެ އަސަރު ފޯރި ނަމަވެސް، މީހުން ދިރިނޫޅެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައެއް ނުވާ ކަމަށެވެ.
އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާނުގެ ހާދިސާގެ ސަބަބުން ފަހިވައިގޭގެ ސިޓިން ރޫމު ވަނީ އެއްކޮށް އަނދައި އަޅިއަށްވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ
އަލީ ޔާމިން
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ކޮމެންޓް