ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އެލީސް މައިކް ބަރަމްހޭން 29އ އެވެ.
މަސްތުވާތަކެތި ސްމަގުލް ކުރުމުގެ ތުހުމަތުގައި އެލީސް ހައްޔަރުކުރީ ވީއައިއޭ އަށް ޖެއްސި އިންޑިގޯ ފްލައިޓުން ކަސްޓަމްސްއިން ރަތް ސްޓިކާ ޖަހައިފައި އޮތް ލަގެޖެއްގެ ތެރޭގައި ހުރި ފުޅިތަކެއްގެ ތެރެއިން މަސްތުވާތަކެތި ފެނުމުންވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި އެ ފުޅިތައް ފެނިފައިވަނީ އެ ލަގެޖް އެކްސްރޭ ކުރުމުންނެވެ. އޭގެ ތެރޭގައި ހުރި ފުޅިތަކުގައި 2450 ގްރާމް (2.45 ކިލޯ) ޓެޓްހާރައިޑްރޯކެނަބިނޯލް އާއި ކެނަބިނޯލް (މަސްތުވާތަކެތީގެ ދެ ބާވަތް) ހުރި ކަމަށް ތަހުލީލުން ދައްކާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
ފުލުހުން ވަނީ އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ކަސްޓަމްސް އޮފިސަރުންގެ ބަޔާނާއި ފުލުހުންގެ ބަޔާނާއި މަސްތުވާތަކެތީގެ ތަހުލީލު ނަތީޖާއާއި މޯބައިލް ފޯނު އެކްސްޓްރެކްޝަން އިން ފެނިފައިވާ ޗެޓްލޮގުތަކެއް ހުށަހަޅައިފައެވެ.
މި މައްސަލައިގައި އެ އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހެނދުނު ހާޒިރުކުރުމުން، އެ ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް ވަނީ އެ މީހާ ބަންދުން ދޫކޮށްލާފައި ހުރެއްޖެ ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ބަންދަށް 30 ދުވަސް ޖަހައިފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަލީ ޔާމިން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
ކޮމެންޓް