ތެލުގެ ލިމިޓްގެ މައްސަލައިގައި މަސްވެރިންނަށް މަސްކަނޑުތަކަށް ނުނުކުމެވޭ ވަރަށް ދަތިވާ ނަމަ، މަސްވެރިން ބޭނުންވާ ގޮތަށް އެ ލިމިޓު ބޮޑުކުރާނެ ކަމަށް މިނިސްޓަރު އޮފް ފިޝަރީޒ،ް އެގްރިކަލްޗާ އެންޑްއޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ކަނޑުމަހުގެ މަސްވެރިންނަށް ދޫކޮށްފައިވާ ތެލުގެ ލިމިޓް އިތުރު ކުރެވޭނެ އެއްވެސް ގޮތެއް ހަމަޖެހިފައިވޭތޯ ބެލުމަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ހަނގުރާމައިގެ ދަތިތަކާ އެކު ވެސް މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑު ނުކުރަން ނިންމައި، އުޅަނދު ފަހަރުގެ ދިގުމިނަށް ބަލައި ތެޔޮ ވިއްކާ ގޮތަށް އޮތީ ލިމިިޓް ކޮށްފައެވެ.
ނަމަވެސް އުޅަނދުގައި ހުންނަ އިންޖީނުގެ ކެޕޭސިޓީއަށް ބެލުމުގެ ބަދަލުގައި ތެޔޮ ލިމިޓް ކުރުމަށް އުޅަނދު ފަހަރުގެ ދިގުމިނަށް ބަލާތީ އާއި މިހާރު އޮތް ލިމިޓް ބޮޑުކުރުމަށް ބައެއްް މަސްވެރިން އަންނަނީ އެދެމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ރާއްޖޭގެ މަހުގެ އަގާ ބަލާއިރު، މަސްވެރިންނަށް މަހަށް ނުފުރޭ ވަރަށް ތެލުގެ އަގު ބޮޑުވެގެންދިޔަ ކަމަށެެވެ.
ނަމަވެސް ދިވެހި މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރި މަސައްކަތުން ހެޔޮ އަގުގައި ތެޔޮ ލިބުމުގެ އިންތިޒާމުތައް އެ ހާލަތުގައި ވެސް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މެދުއިތުމަތީގެ ހަނގުރާމައަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ، މިކަހަލަ ދަނޑިވަޅެއްގައި ލިމިޓުތަކެއް ގެންގުޅެން ޖެހޭނެ ކަމަށް ގަބޫލުކުރައްްވާ ކަމަށާއި އެ ލިމިޓުތައް ކަނޑައެޅީ މަސްވެރިންނާ ވެސް ވާހަކަދެއްކުމަށް ފަހު ކަމަށެވެ.
އެ ލިމިޓު ކަނޑައެޅުމުން ލިމިޓް ތަންކޮޅެއް ބޮޑުކޮށްލައިދިނުމަށް އެދި ހުށަހެޅުންތައް ލިބުމުން ލިމިޓު ބޮޑުކޮށްދީފައިވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ސިމިޓް ބޮޑު ކުރަން ކޮންމެވެސް ވަރަކަށް އެ ރިކުއެސްޓް އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ އުނދަގޫތައް ހުއްޓަސް މަސްވެރިންނަށް މަހަށް ނުކުމެވޭނެ އިންތިޒާމު ތެލުން ހަމަޖައްސައިދެވޭތޯ ކަމުގެ ޔަގީންކަން މަސްވެރިންނަށް އަރުވާ ކަމަށެވެ.
އިބްރާހިމް ޒަކީ
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ކޮމެންޓް