ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދަނީ ބައެއް ނޫސްތަކުން ފަތުރާ "ފޭކް ނިއުސް" އާއި ގެންނަ ސުރުހީތަކުގެ ސަބަބުންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި "އިގްތިސޯދު ހަމަމަގަށް" ޕެނަލް މަޝްވަރާގައި ސައީދު ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އޮތް ނަމަވެސް، އެ ބާޒާރުގެ އަގުތަކަށް ނޫސްތަކުގެ ސުރުހީތަކުން ނުފޫޒު ފޯރުވާ ކަމަށެވެ. ހާއްސަކޮށް ހެނދުނު ހޭލާއިރު ބައެއް ނޫސްތަކުގެ ހެޑްލައިންތަކުގައި ޑޮލަރުގެ ރޭޓަކީ 22 ރުފިޔާ ނުވަތަ 23 ރުފިޔާކަމަށް ލިޔުމުން، ކުޑަ އިގްތިސޯދެއް އޮތް ރާއްޖޭގައި އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެއީ ޒިންމާދާރު ގޮތެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ.
"ބައެއް ނޫސްތަކުން އެފަދަ ސުރުހީތައް ޖަހަނީ ޕެނިކް އުފައްދައި، ބާޒާރު މެނިޕިއުލޭޓް ކުރަން،" ސައީދު ވިދާޅުވިއެވެ.
އެ ފޯރަމްގައި ބައިވެރިވި އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ، ރަސްމީ ރޭޓުގައި ޑޮލަރު ލިބުމަށް ދަތިވި ނަމަވެސް، ބޮޑު އަގުގައި ނުވަތަ ކަޅުބާޒާރުން ބޭނުންވަރަކަށް ޑޮލަރު ލިބެން އެބަހުރި ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އިގްތިސޯދު ފުޅާވެފައިވާއިރު، މާލީ ސިޔާސަތުތައް ޒަމާނާ އެއްގޮތަށް ބަދަލުކޮށް، ޑޮލަރު ބޭރަށް ލީކުވާ ދިމާތައް ބަންދުކުރަން ޖެހެއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިމާދު ވިދާޅުވީ، ޑޮލަރުގެ އަގާ ގުޅޭގޮތުން ފަތުރާ ނުބައި ހަބަރުތަކުގެ ސަބަބުން ސަރުކާރާ މެދު ނުބައި ތަސައްވުރެއް އުފެދި، މުޅި އިގްތިސޯދަށް އޭގެ ގެއްލުން ކުރިމަތިވާ ކަމަށެވެ.
މުހައްމަދު އިޝާން
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ޚޮވިޑްގަ ޑޮލަރގެ އަގު މައްޗަށް ނުދާވަރަށް މިހާރު މައްޗަށްގޮސްސި. ސަޢީދު އަދިވެސް ވައިއަނގަ އެބަތަޅައެއްނޫން
ޑޮލަރ - 3 ހަފްތާ ކުރިން
ޢާއްމު ރައްޔިތުންނަށް ޑޮލަރު ނުވަތަ ބޭރުފައިސާ ގަންނަން ލިބެނީ، ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ކަމާބެހޭފަރާތުން ދީފައިވާ ފަރާތްތަކުގެ އަތުން ކަމަށްވާއިރު، އެތަންތަނުގެ އަގުތައްވެސް ހުންނަނީ ކަޅުބާޒާރު ރޭޓަށެވެ. މިއީ ހުއްދަ ކަމަކަށް ނުވާއިރު ސަރުކާރުން މިކަންކަން ބަލާ މިމީހުން ހަމަ ހިތައް އެރި އަގަގަށް ނުވިއްކޭނެ ގޮތް ހަދާ، އަދި އެގޮތައް ވިއްކާނަމަ ފިޔަވަޅު އަޅާ އެ ހުއްދަ އަތުލަން ޖެހޭނެނު؟
ނުރަބޯ - 3 ހަފްތާ ކުރިން