ބަނޑުގެ ހާނިއާއަކަށް ފަރުވާދިނުމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އޮޕަރޭޝަނެއް ކުރައްވައިފި ކަމަށް އެމަނިކުފާނުގެ މެޑިކަލް ޓީމުން ބުނެފިއެވެ.
ބޮޑުވަޒީރުގެ މެޑިކަލް ޓީމުގެ އިސްވެރިޔާ ޑރ. އަސްރީ ރަންގާ އަބްދުﷲ ރާމަޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވިގޮތުގައި، ލެޕަރޮސްކޮޕިކް ސާޖަރީއެއްގެ ގޮތުގައި ކުރި މި އޮޕަރޭޝަން ވަނީ ކާމިޔާބުކަމާއެކު ނިމިފައެވެ. އަދި މިހާރު އަންވަރު ފިޒިއޮތެރަޕީ ހައްދަވަމުން ގެންދަވާ ކަމަށާއި، އެމަނިކުފާނުގެ ހާލުކޮޅު ޑޮކްޓަރުންގެ ޓީމުން ގާތުން މޮނިޓަކުރަމުން އަންނަކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މިއަދަކީ އަންވަރުގެ 79 ވަނަ އުފަންދުވަސް ވެސް މެއެވެ. ބޮޑުވަޒީރުގެ އޮފީހުގެ ސީނިއާ ޕްރެސް ސެކްރެޓަރީ ތުންކޫ ނަޝްރުލް އަބައިދާ ބުނި ގޮތުގައި، މަދުވެގެން ދެ ދުވަސް ވާންދެން އަންވަރު އޮންނަވާނީ ޑޮކްޓަރުންގެ އޮބްޒަވޭޝަންގެ ދަށުގައެވެ. އަދި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ދުއާކުރުމަށް އެދޭ ކަމަށާއި، ވަރަށް އަވަހަށް ރަސްމީ މަސައްކަތްތަކަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
އަންވަރުގެ ކޮނޑާއި ބުރިކައްޓަށް މީގެ ކުރިން ވެސް އެކި ފަހަރު މަތިން ސިއްހީ މައްސަލަތަކާ ކުރިމަތިވެފައިވެއެވެ.
އެގޮތުން 2018 ވަނަ އަހަރު ބުރިކަށީގެ ރިހުމަކާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ނޮވެންބަރު މަހު ވެސް މިފަދަ މައްސަލައަކާ ގުޅިގެން ރަސްމީ ދަތުރުފުޅެއް ކެންސަލްކުރައްވާފައިވެއެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު ހެއްދެވި ރޫޓިން މެޑިކަލް ޗެކަޕަށް ފަހު، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
މިވަގުތު ބޮޑުވަޒީރުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އެހެން ބޭފުޅަކާ ހަވާލުކުރެއްވި ކަމެއް ރަސްމީ ފަރާތްތަކުން ބުނެފައެއް ނުވެއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަންވަރަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. އަދި ޕާކިސްތާނުގެ ރައްޔިތުން ތިބީ އަންވަރުގެ ސިއްހަތަށް ހެޔޮ ދުއާކުރުމުގައި ކަމަށް ވެސް ޝެހެބާޒް ވިދާޅުވިއެވެ.
މެލޭޝިޔާ
މެލޭޝިޔާ
މެލޭޝިޔާ
މެލޭޝިޔާ
ކޮމެންޓް