އީރާނާ ގުޅުން ހުރި، ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް އެހީތެރިވެދޭ މާލީ ވިއުގައެއް ރޫޅާލުމުގެ ފިޔަވަޅުތައް އެމެރިކާގެ ސަރުކާރުން އަޅައިފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ބުނި ގޮތުގައި، އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ވަނީ ސިއްރުން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ބަދަލުކުރުމަށް ބޭނުންކުރާ ފައިސާ މާރުކުރާ ތަންތަނާއި ޝެލް ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފައެވެ. ނަމަވެސް، މި ފިޔަވަޅުތައް އެޅި ވަކި ކުންފުނިތަކެއް ނުވަތަ ތަންތަނުގެ ނަން އޭނާ ހާމަކޮށްފައެއް ނުވެއެވެ.
ޕިގޮޓް ބުނީ، މި ވިއުގަތައް މެދުވެރިކޮށް އީރާނުން ތެލުގެ ވިޔަފާރިން ލިބޭ އާމްދަނީއަށް ވާސިލުވެ، މެދުވެރި ކުންފުނިތައް ބޭނުންކޮށްގެން ފައިސާ ދޮވެ، ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކެމުންދާ ކަމަށެވެ.
މީގެ އިތުރުން، މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް ކުރިއަށްގެންދާ ފިއްތުންތައް ބޮޑުކުރުމުގެ ކެމްޕޭންގެ ދަށުން އެޅި ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ފިޔަވަޅުތަކުގެ މައިގަނޑު މަގުސަދަކީ، ސަރަހައްދީ ހަމަޖެހުން ނަގާލުމަށާއި، ޓެރަރިޒަމަށް ވާގިވެރިވުމަށާއި، އަދި އަސްކަރީ ގާބިލުކަން އިތުރުކުރުމަށް އީރާނުގެ ސަރުކާރުން ބޭނުންކުރާ މާލީ ވަސީލަތްތައް ކަނޑާލުން ކަމަށް ޕިގޮޓް ބުނެފައިވެއެވެ.
މި ފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ މާލީ ނިޒާމުގެ ތެރެއިން އީރާނަށް ފައިސާ ލިބޭނެ މަގުތައް ބަންދުކުރުމަށް ވޮޝިންޓަނުން އެންމެ ފަހުން އެޅި ފިޔަވަޅެވެ.
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް