މި ސަރުކާރުގެ މިހާތަނަށް 590 މަޝްރޫއެއްގެ މަސައްކަތް ނިމިއްޖެ ކަމަށާއި، މިއީ ކުރީ ސަރުކާރުތަކުގެ މި މުއްދަތާ އަޅާބަލާއިރު ލިބުނު ކުރިއެރުމެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ މިހާތަނަށް 590 މަޝްރޫއެއް ނިންމާފައިވާ ކަމަށާއި، މިއީ ކުރީގެ ސަރުކާރުތަކުން އެ މުއްދަތުގައި ނިންމާފައިވާ މަޝްރޫއުތަކާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިވަގުތުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1635 މަޝްރޫއެއްގެ މަސައްކަތް ހިނގަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ ޕްލޭންތައް ވަރަށް ބަރާބަރަށް ތަންފީޒުވަމުންދާ ކަމަށާއި، 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ދާއިރު ވައުދުތައް ފުއްދުމުގައި ފުރިހަމަ ކާމިޔާބީ ހޯއްދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އީސް ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަނީ ހުރިހާ ރަށަކަށް އާންމުކޮށް ކުރިއަށްގެންދާ މަޝްރޫއުތަކާއި، ވަކިވަކި ރަށްރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހާއްސަ ވައުދުތަކުގެ ދަށުން ހިންގާ މަޝްރޫއުތަކުގެ ގޮތުގައި ދެ ގިންތިއަކަށް ބަހާލައިގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ޕްރޮގްރާމް ބަރާބަރަށް ތަންފީޒުކުރަމުން މިގެންދަނީ. މިއަހަރުގެ ބާކީ އޮތް މަސައްކަތްތަކުގައި އާއި މިއަހަރުގެ ބާކީ އޮތް މަސްތަކުގައި 2028 ގެ ދެވަނަ ކުއާޓަރާއި ހަމައަށް ދާންވާއިރަށް އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދެން. އަޅުގަނޑުމެންގެ މި ވައުދުތަކާއި އެކީގައި މި ޕްލޭނާއި އެކީގަ މި ވައުދުތައް ފުއްދުމުގައި ފުރިހަމަ ކާމިޔާބީ ހާސިލް ކުރާނަމޭ." ރައީސް ވިދާޅުވިއެވެ.
ވެރިކަމާ ހަވާލުވިއިރު އިގްތިސޯދު އޮތް އަނދަވަޅުން ސަލާމަތްކުރުމަށް ކުރާ މަސައްކަތްތަކާއެކުވެސް، ވެވަޑައިގެންފައިވާ ވައުދުތައް ތަންފީޒުކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އުކުޅަހުގެ ތަރައްގީއަށްޓަކައި އެރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މިހާރު ހިއްކާފައިވާ ބިމަށް އިތުރު ދެ ހެކްޓަރުގެ ބިން އިތުރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރަށުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރައްވައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ފެށިގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ޒުވާނުންނާއި އަންހެނުން އިގްތިސޯދީ ގޮތުން ބާރުވެރިކުރުވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި، އެގޮތުން، ހަމައެކަނި ލޯނު ދޫކުރުމުގެ ބަދަލުގައި އެފަރާތްތަކަށް އިގްތިސޯދީ ގޮތުން ކުރިއަށްދެވޭނެ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އިގްތިސޯދީ ހާލަތު ރަނގަލު ކުރުމާއި، އެކީގައި އިގްތިސޯދުގެ ބުންވަރު އިތުރަށް ވަރުގަދަކޮށްދީ އިތުރަށް ފުޅާކޮށްދީ މިހުރިހާ ކަމެއް ފުޅާކުރަމުން އާންމުން ފަރުދުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދީ ޒުވާނުން އިކޮނޮމިކަލީ ބާރުވެރިކޮށްދީ އަންހެން ބޭފުޅުން ބާރުވެރިކޮށްދީ އެކަންތައް ކޮށްދޭނެ ކަމަށް އަޅުގަނޑު ވިދާޅުވީ" ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް