މާލޭ ވިޔަފާރި ބަނދަރު، ކ. ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ތިލަފުށި ފަޅު ހުސްކުރުމަށް އަންގައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭ ވިޔަފާރި ބަނދަރު، ތިލަފުއްޓަށް ބަދަލުކޮށް ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާތީ، ތިލަފުށީގެ ފަޅުގައި އަޅާފައި، ދޫކޮށްލާފައިވާ އަދި އެ ސަރަހައްދަށް އަޑިއަށް ގޮސްފައިވާ އުޅަނދުތައް މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ކޯޕަރޭޝަނާ ގުޅައި ނެގުމުގެ މަސައްކަތް ފެށުމަށް އަންގާ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނެގުމުގެ މަސައްކަތް ފެށިފައި، އަދި ނެގުމުގެ މަސައްކަތް ނިމިފައި ނުވާ އުޅަނދުތައް "ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާ މެދު އަމަލުކުރުމުގެ އުސޫލު" ގެ ދަށުން އުޅަނދުތަކާ މެދު އަމަލުކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނީ އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅައި، ނުވަތަ އެ ކޯޕަރޭޝަންގެ ފިކްސްޑް އެސެޓް ޔުނިޓުގެ އީމެއިލް [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.
ޗައިނާ ހާބާ އިންޖިނިއަރިން ކުންފުންޏާއި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ތިލަފުށީގައި ތަރައްގީކުރާ ބަނދަރަކީ މިހާރުގެ ބަނދަރަށްވުރެ 10 ގުނަ ބޮޑު ބިމެއްގައި ހެދޭ ތަނަކަށްވާ އިރު، އެ ތަނުގެ މަގަތުފާލަންވެސް މިހާރުގެ ފާލަމަށްވުރެ ތިން ގުނަ ދިގުވާނެއެވެ.
ރައީސް އޮފީހުގައި މިދިޔަ އޭޕްރީލް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ތިލަފުށީ ވިޔަފާރި ބަނދަރު ހުޅުވާނެއެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ބަނދަރުގެ 80 ޕަސަންޓް އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރާނެ ކަމަށް ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމެއްގައި ރައީސް ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ.
ތިލަފުށި
ތިލަފުށި
ތިލަފުށި
ކޮމެންޓް