މިދިޔަ އޭޕްރިލް މަހު ޕްރައިވެޓް ހޮސްޕިޓަލްތަކުން އެޑްމިޓް ކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ފަރުވާ ހޯދުމަށް 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން މިއަދު ވަނީ ރާއްޖޭގެ ދެ ޕްރައިވެޓް ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިކޮށްގެން ފަރުވާ ހޯދި މީހުންގެ ތެރެއިން އެންސްޕާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ދޫކޮށްފައިވާ ފައިސާގެ ތަފްސީލުތައް ހާމަކޮށްފައެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޭޕްރިލް މަހު އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ކުރުމަށް ވަނީ 3.6 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އެ ހޮސްޕިޓަލުން މެދުވެރިކޮށް ހޯދި ފަރުވާތަކުގެ ތެރެއިން އެންމެ ގިނައިން އެހީ ދޫކޮށްފައި ވަނީ ކަރުންމަތީގެ ބަލިތަކަށެވެ. އެގޮތުން 23 ބަލި މީހަކަށް 608،381 ރުފިޔާ ދޫކޮށްފައިވެއެވެ.
ދެވަނައަށް އެންމެ ގިނަ ފައިސާ ދޫކޮށްފައި ވަނީ އެހެނިހެން ބަލީގެ ފަރުވާތަކަށެވެ. އެގޮތުން 21 މީހަކަށް 585،731 ރުފިޔާ ވަނީ ދޫކޮށްފައެވެ. ތިން ވަނައަށް އެންމެ ގިނަ ފައިސާ ދޫކޮށްފައި ވަނީ ކަށީގެ ބަލިތަކަށް ފަރުވާ ކުރުމަށެވެ. އެގޮތުން 27 މީހަކަށް 552،961 ރުފިޔާ ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އޭގެ އިތުުރުން ކާޑިއީވަސްކިއުލާ ބަލި މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް އަދި ވިހެއުމާ ގުޅޭ ކޭސްތަކުގައި ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާކުރުމަށް 4.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. އެ ހޮސްޕިޓަލުން އެންމެ ގިނައިން އެހީ ދޫކޮށްފައި ވަނީ ކަށީގެ ބަލިތަކަށް ފަރުވާ ކުރުމަށެވެ. އެގޮތުން 51 މީހަކަށް 1.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ދައްކައެވެ.
ދެވަނަ އަށް އެ ހޮސްޕިޓަލުން އެންމެ ގިނައިން ފަރުވާ ހޯދުމަށް ފައިސާ ދޫކޮށްފައިވަނީ އެހެނިހެން ބަލިތަކަށެވެ. އެގޮތުން އެހެނިހެން ބަލީގެ 51 މީހަކަށް 627،666 ރުފިޔާ ވަނީ ދޫކޮށްފައެވެ. ތިން ވަނައަށް އެންމެ ގިނަ އެހީ ދޫކޮށްފައިވަނީ ވިހެއުމާ ގުޅޭ ކޭސްތަކުގަ އެވެ. އެގޮތުން އޭގެ 40 ކޭސްއަށް 605،552.28 ރުފިޔާވަނީ ދޫކޮށްފައެވެ.
އޭގެ އިތުރުން ކަރުންމަތީގެ ބަލިތަކާއި މައިބަދަ އާއި ނާރުގެ ބަލިތަކާއި އަންހެނުންގެ ބަލިތައް އަދި ކުޑަކުދިންގެ ބަލިތަކާއި ގޭސްޓްރޯއިންޓްސްޓިނަލް ބައްޔަށް މީހުން ފަރުވާ ހޯދަންވެސް ގިނަ އަދަދެއްގެ ފައިސާ އެންސްޕާ އިން ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އާއިޝަތު މާހާ
އެންސްޕާ
އެންސްޕާ
އެންސްޕާ
ކޮމެންޓް