މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 56.8 މިިލިޔަން ރުފިޔާގެ މާލީ އެހީތެރިކަން ފޮރުކޮށްދީފިއެވެ.

މިއީ މިއަހަރުގެ ޖޫން މަހާ އަޅައި ބަލާއިރު ދަށް އަދަދެކެވެ. ޖޫން މަހު އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 57.9 މިލިޔަން ރުފިޔާގެ މާލީ އެހީގެ ގޮތުގައި ދޫކޮށްފައެވެ.

އެންސްޕާއިން މިއަދު އާންމު ކުރި ނިމިދިޔަ ޖުލައި މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އަލަށް 63 މީހުން ރަޖިސްޓްރީވެފައިވެއެވެ. އެ ދަފްތަރުގެ މިހާރުގެ އަދަދަކީ 15549 އެވެ.

އެންސްޕާއިން މި އަހަރުގެ ޖުލައި މަހު އެހީ ދީފައިވަނީ 15369 ފަރާތަކަށެވެ. އެ ފަރާތްތަކަށް 56،83،1000 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓާކޮށްފައިވަނީ 8،996 ފިރިހެނުންނާއި 6،553 އަންހެނެކެވެ. އެންމެ ގިނައީ އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ 7،896 މީހުންނެވެ.

އެންމެ ގިނަ މީހުން ރަޖިސްޓްީކޮށްފައި ވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެންނެވެ. ދެން އެންމެ ގިނައީ އެކި ކަހަލަ ނުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓާކޮށްފައިވާ ފަރާތްތަކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ގިންތި:

  • މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ 3520 މީހުން
  • ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1820 މީހުން
  • ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 2435 މީހުން
  • އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 1866 މީހުން
  • ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1030 މީހުން
  • އޯޓިޒަމް: 593 މީހުން
  • އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 58 މީހުން
  • ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 4227 މީހުން

މިދިޔަ މަހު އެންސްޕާއިން ތެރަޕިއުޓިކް ފަރުވާއަށް 265 މީހަކަށް 4،849،860 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެއީ 195 ފިރިހެނުންނަށާއި 70 އަންހެނުންނަށެވެ.

ތެރަޕިއުޓިކް ފަރުވާގެ ހަރަދު:

  • ބިހޭވިއާ ތެރަޕީ ދީފައިވަނީ 64 މީހުންނަށް - 1.2 މިލިޔަން ރުފިޔާ
  • އޮކިއުޕޭޝަނަލް ތެރަޕީ ދީފައިވަނީ 71 މީހުންނަށް - 1.3 މިލިޔަން ރުފިޔާ
  • ސައިކޯ ތެރަޕީ ދީފައިވަނީ 6 މީހުންނަށް - 46800 ރުފިޔާ
  • އާލީ އިންޓާވެންޝަން ދީފައިވަނީ ފަސް މީހަކަށް - 34200 ރުފިޔާ
  • ސްޕީޗް ތެރަޕީ ދީފައިވަނީ 73 މީހުންނަށް - 1.3 މިލިޔަން ރުފިޔާ
  • އެޑިއުކޭޝަނަލް ތެރަޕީ ދީފައިވަނީ 43 މީހަކަށް - 773،035 ރުފިޔާ
  • ފިޒިއޯ ތެރަޕީ ދީފައިވަނީ ތިން މީހުންނަށް - 39،960 ރުފިޔާ

އެއީ 18 އަހަރުން ދަށުގެ 256 ކުދިންނަށާއި 18 އަހަރާއި 64 އަހަރާ ދެމެދުގެ 8 މީހަކަށާއި 65 އަހަރުން މަތީގެ މީހަކަށެވެ.