އީރާނުގެ ހަކަތައާއި ނިއުކްލިއާ ވަސީލަތްތަކަށް އަމާޒުކޮށް އިސްރާއީލާ ގުޅިގެން ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ކޭމްޕް ޑޭވިޑްގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާއާއި އިސްރާއީލު ގުޅިގެން ދޭން ރާވާފައިވާ ހަމަލާތަކުގެ އަމާޒަކީ އީރާނުގެ ހަކަތަ އުފައްދާ ކާރުހާނާތަކާއި ތެޔޮ ސާފުކުރާ މަރުކަޒުތަކުގެ އިތުރުން ނިއުކްލިއާ މަރުކަޒުތަކެވެ.
މީގެ ތެރޭގައި އީރާނުގެ ނަތަންޒް ނިއުކްލިއާ މަރުކަޒު ކައިރީގައި ބިމުގެ އަޑީގައި ހަދާފައިވާ "ޕިކްއެކްސް މައުންޓަން" ނިއުކްލިއާ މަރުކަޒު ހިމެނޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އީރާނުގެ ވެރިރަށް ތެހެރާނާ 220 ކިލޯމީޓަރު ދުރުގައިވާ މި މަރުކަޒަކީ ފަރުބަދައެއްގެ 100 މީޓަރު އަޑީގައި ބިނާކުރަމުންދާ ތަނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތައް ދިނުމާ ގުޅޭގޮތުން އެމެރިކާއާއި އިސްރާއީލުން ދަނީ މަޝްވަރާކުރަމުންނެވެ. މިއީ އެމެރިކާ މެދުވެރިވެގެން ގާއިމުކުރި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށްފަހު، އިސްރާއީލުން އަލުން އަސްކަރީ އޮޕަރޭޝަންތަކުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.
މި ހަމަލާތައް ދޭނެ ވަކި ވަގުތެއް އަދި ކަނޑައަޅާފައި ނުވާ ކަމަށާއި، ރައީސް ޓްރަމްޕް އެންމެ ފަހުގެ ނިންމުން ނިންމަވަންދެން ޕެންޓަގަންއިން އަމާޒުކުރާނެ ތަންތަނުގެ ލިސްޓު ހާމަ ނުކުރާނެ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް