ކ. ހިންމަފުށީގެ ހުޅަނގުން ދަގަނޑު ބާޖެއް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ އެ ބާޖު އޮޔާދަނީ ހިންމަފުށީގެ ހުޅަނގުން ގާތްގަނޑަކަށް 3.50 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ ބާޖު މިހާރު ދަތުރުކުރަމުން ދަނީ ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދުން އިރުމައްޗަށް މިސްރާބު ހިފައިގެންކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ބާޖުގައި އެއްވެސް އަލިކަމެއް ނެތްކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.