ސައުދީ އަރަބިއްޔާގެ އިރުމަތީ ސަރަހައްދުގައިވާ ތެލުގެ މަރުކަޒުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ހުއްޓުވައި ވައްޓާލައިފި ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާއިން މިއަދު ބުނެފިއެވެ.
ސައުދީ ދިފާއީ ވުޒާރާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވި ގޮތުގައި، ވައިގެ ދިފާއީ ނިޒާމު މެދުވެރިކޮށް މި ޑްރޯންތައް ވަނީ ވައްޓާލައިފައެވެ. މިއީ ވިދިވިދިގެން މިފަދަ ހަމަލާތަކެއް ދިން ދެވަނަ ދުވަސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ހަމަލާތަކުގެ ޒިންމާ ސައުދީން އަޅުވަނީ އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދު ލިބޭ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބޮލުގައެވެ. މާލިކީ ވިދާޅުވި ގޮތުގައި، މި ޓެރަރިސްޓު ހަމަލާތައް ފޮނުވާލާފައިވަނީ އިރާގުގެ ސަރަހައްދުގެ ތެރެއިންނެވެ.
“ސައުދީ އަރަބިއްޔާގެ ސަލާމަތާއި މުހިންމު އުމްރާނީ ވަސީލަތްތައް ދިފާއުކުރުމުގެ ގާނޫނީ ހައްގު އެ ގައުމަށް ލިބިގެންވޭ،” މާލިކީ ވިދާޅުވިއެވެ. އަދި އެކަށީގެންވާ ވަގުތާއި ތަނުގައި މިކަމަށް ރައްދު ދިނުމުގެ ހައްގު ސައުދީއަށް އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ސައުދީގެ ހާރިޖީ ވުޒާރާއިން ވަނީ، ސައުދީއަށް ހަމަލާ ދިނުމަށް އިރާގުގެ ބިމުގެ ބޭނުންކުރުން ހުއްޓުވުމަށް އަޅާން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް އިރާގު ސަރުކާރަށް ގޮވާލާފައެވެ.
މި ތުހުމަތުތަކާ ގުޅިގެން އިރާގުގެ ބޮޑުވަޒީރު އަލީ އަލް-ޒައިދީ ވަނީ މި މައްސަލަ ތަހުގީގުކުރުމަށް އެ ގައުމުގެ ސަލާމަތީ ބާރުތަކަށް އަންގަވާފައެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް