މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ހާރިސް މުހައްމަދު މިއަދު އައްޔަންކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ، އެމްޓީޑީސީގެ ބޯޑު މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހާރިސް އައްޔަންކޮށްފައިވާ ކަމަށެވެ.
ހާރިސް އެ މަގާމަށް އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒް މީގެ ފަސް ދުވަސް ކުރިން މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
ހާރިސްއަކީ ފަތުރުވެރިކަމާއި، ވައިގެ ދަތުރުފަތުރާއި، މާކެޓިން އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީގެ މަގާމާއި، އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރުކަން ކުރައްވައިފައެވެ.
އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓާސް ހާސިލުކުރައްވާފައިވާ ހާރިސްއަކީ ބައިނަލްއަގުވާމީ މާކެޓިން އަދި މެނޭޖްމަންޓް އިދާރާތައްކަމަށްވާ CIM އަދި CMI ގެ ފެލޯޝިޕް ވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މުހައްމަދު އިޝާން
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ކޮމެންޓް