އެޕަލް ކުންފުނިން އަންނަ ސެޕްޓެންބަރު މަހު ނެރޭނެ ކަމަށް ބެލެވޭ "އެޕަލް ވޮޗް ސީރީޒް 12" އަދި "އެޕަލް ވޮޗް އަލްޓްރާ 4" ގައި އާ ޕްރޮސެސަރަކާއެކު ސިއްހަތާ ގުޅޭ އާ ފީޗާތަކެއް ހިމެނޭނެ ކަމަށް ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ބްލޫމްބާގްގެ މާކް ގާމަން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ގަޑީގެ ޑިޒައިނަށް ބޮޑު ބަދަލެއް ނާންނާނެއެވެ. ނަމަވެސް، މީގެ ކުރީގެ މޮޑެލްތަކާ ހިލާފަށް މި ފަހަރުގެ ގަޑިތަކުގައި އެޕަލްގެ އާ "އެސް12" ނުވަތަ "އެސް11" ޗިޕް ބޭނުންކުރާނެ ކަމަށް ބެލެވެއެވެ. މީގެ ސަބަބުން ގަޑީގެ ސްޕީޑު އަވަސްވެ، ބެޓެރީގެ އުމުރު ދިގުވާނެ ކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.
އަލްޓްރާ 4 މޮޑެލާ ގުޅޭގޮތުން ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ގަޑީގެ ބޯމިން 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ މިންވަރަކަށް ތުނިވާނެ ކަމަށް ފޯންއެރީނާއިން ބުނެފައިވެއެވެ. އަދި ލޯ ޕަވާ މޯޑުގައި 72 ގަޑިއިރަށް ބެޓެރީ ހިފަހައްޓާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން، ލޭގެ ޕްރެޝަރު މަތިވުން (ހައިޕަޓެންޝަން) ދެނެގަނެވޭނެ އާ ސެންސަރުތަކެއް މި ގަޑީގައި ހިމެނޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
އަގަށް ބަލާއިރު، އަލްޓްރާ 4 ގެ އަގު ފެށޭނީ ކުރީގެ މޮޑެލްތަކެކޭ އެއްގޮތަށް 799 ޑޮލަރުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އާ ސެންސަރުތަކުގެ ސަބަބުން އަގު 899 ޑޮލަރަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް އެނަލިސްޓުންނާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ.
މި އާ ގަޑިތައް މިހާރު ވަނީ ޓެސްޓުކުރުމުގެ އެންމެ ފަހުގެ މަރުހަލާގައެވެ. މި ގަޑިތައް ރަސްމީކޮށް އިއުލާންކުރާނީ އައިފޯން 18 ސީރީޒްއާއެކު ސެޕްޓެންބަރު މަހު ބާއްވާ އެޕަލްގެ ހަފްލާގައެވެ.
އެޕަލް
އެޕަލް
އެޕަލް
އެޕަލް
ކޮމެންޓް