އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ވޮޝިންޓަނަށް ފުރާވަޑައިގަންނަވާ އިރު، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ފޮކްސް ނިއުސްއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވި ގޮތުގައި، އީރާނާ އެކު ކުރަމުންދާ ހަނގުރާމަ ނިމޭނީ އެ ގައުމުގެ ސަރުކާރު ވެއްޓުމުން ނުވަތަ ނިއުކްލިއާ ޕްރޮގްރާމް ދޫކޮށްލުމުންނެވެ. އެއްބަސްވުމަކާ އެކު ނުވަތަ އެއްބަސްވުމަކާ ނުލައި ވެސް އެ ޕްރޮގްރާމް ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަތަންޔާހޫގެ އޮފީހުން ބުނި ގޮތުގައި، އޭނާ މިއަދު ވޮޝިންޓަނަށް ފުރާވަޑައިގަންނަވާނީ އަންގާރަ ދުވަހު ޓްރަމްޕާ ބައްދަލުކުރެއްވުމަށާއި އެމެރިކާގެ ކުރީގެ ސެނެޓަރު ލިންޑްސީ ގްރަހަމްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ބައްދަލުވުމުގައި އީރާނުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. އަދި އީރާނުން އިޒްރޭލަށް ހަމަލާއެއް ދީފިނަމަ، އޭގެ ރައްދު ވަރަށް ވަރުގަދަވާނެ ކަމަށް ވެސް އޭނާ އިންޒާރުދެއްވިއެވެ.
އެމެރިކާއިން އީރާނަށް ދެމުންދިޔަ ހަމަލާތައް މިހާރު ވަނީ މެދުކަނޑާލައިފައެވެ. ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ އޮފިޝަލުން މިގޮތަށް ނިންމެވީ ވައިގެ ދިފާއީ ނިޒާމުތަކުގައި ބޭނުންކުރާ މިސައިލްތައް މަދުވަމުންދާތީއެވެ.
އަނެއްކޮޅުން، އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މުހައްމަދު އަކްރަމީނިއާއާ ހަވާލާދީ އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި، ހަމަލާތައް މެދުކަނޑާލާފައިވާ ވަގުތުގެ ބޭނުން ހިފައި އެ ގައުމުގެ އަސްކަރީ ގާބިލުކަން ވަނީ އިތުރުކޮށްފައެވެ. ހާއްސަކޮށް ވައިގެ ދިފާއީ ނިޒާމުތައް ވަރުގަދަކޮށްފައިވާ ކަމަށާއި ކޮންމެ ހާލަތަކަށް ވެސް އީރާނުގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
ކޮމެންޓް