މިފަހަރު ވޯލްޑް ކަޕް 2026 ގައި ކުޅުނު ކުޑަކުޑަ ކޭޕް ވާޑްގެ ހީރޯއަކަށްވި ގޯލްކީޕަރު ވޮޒީނިއާ، ޗިލީގެ ކޯލޯ ކޯލޯއަށް ސޮއިކޮށްފިއެވެ.
އުމުރުން 40 އަހަރުގެ ވޮޒީނިއާ ވޯލްޑް ކަޕަށް ދިޔައީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. އޭރު އޭނާ ހުރީ އެއްވެސް ކްލަބެއްގެ އެއްބަވަސްވުމެއްގައެއް ނޫނެވެ. ވޯލްޑް ކަޕްގައި ވޮޒީނިއާއަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އިރު، އޭނާ ވަނީ ސަޕޯޓަރުން ހޮވި އެންމެ މޮޅު ޓީމުގައި ހިމެނިފައެވެ.
ކޭޕް ވާޑުން އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅެފައިވާ އިރު، ގްރޫޕް ސްޓޭޖުގެ ތިން މެޗުންވީ އެއްވަރެވެ. ސްޕެއިނާއި ސައުދީ އަރަބިއްޔާގެ އިތުރުން އުރުގުއާއީއާވެސް ކޭޕް ވާޑުން އެއްވަރުކޮށް، ގަދަ 32 ގައި އާޖެންޓީނާ ނޭވާ ހޮޅިއަށް އަޅުވާލިއެވެ.
އާޖެންޓީނާ ކައިރިން ކޭޕް ވާޑް ބަލިވީ އިތުރު ވަގުތަށް ގޮސް، 3-2 ގެ ނަތީޖާއަކުންނެވެ. އެ ހުރިހާ މެޗެއްގައިވެސް ވޮޒީނިއާ ތަފާތު ދެއްކިއެވެ.
ވޮޒީނިއާ، ވޯލްޑް ކަޕްގެ ކުރިން އޭނާ ކުޅެމުންދިޔަ ޕޯޗުގީޒްގެ ދެވަނަ ޑިވިޝަނުގެ ޗާވޭސް ދޫކޮށްލާފައިވާ އިރު، އޭނާއަށް ލިބުނު މަގުބޫލުކަމާއެކު އިތުރު ކްލަބުތަކަކުން ވަނީ އޭނާ ހޯދަން މަސައްކަތް ކޮށްފައެވެ.
ޗިލީގެ ކޯލޯ ކޯލޯގެ ރައީސް އަނިބަލް މޯސާ ވިދާޅުވީ ވޮޒީނިއާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، ރަސްމީކޮށް އެކަން އިއުލާނުކުރާނީ އެޓީމުގެ ސްޓޭޑިއަމްގައި ރަސްމީކޮށް އިވެންޓެއް ބޭއްވުމަށްފަހުގައި ކަމަށެވެ. މޯސާ ވިދާޅުވީ ވޯލްޑް ކަޕްގައި ވޮޒީނިއާއަށް ލިބުނު ފުރުސަތުގައި އޭނާ ތަފާތު ދައްކާފައިވާ ކަމަށާއި، އެއީ މިހާރު ބްރޭންޑެއް ކަމަށެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ކޮމެންޓް