އެމެރިކާއާއި ސައުދީ އަރަބިއްޔާއާ ދެމެދު ސޮއިކުރި މަދަނީ ނިއުކްލިއަރ އެއްބަސްވުމަށް އަމަލުކުރަން ފަށާނީ، ސައުދީން އިސްރާއީލާއެކު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކުރުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ، އެމެރިކާގެ ކުންފުނިތަކުގެ އެހީގައި ސައުދީގައި ނިއުކްލިއަރ ހަކަތަ އުފެއްދުމުގެ ޕްރޮގްރާމެއް ފެށުމަށް ދެ ގައުމުގެ ދެމެދުގައި ބުދަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތު ސޯޝަލް' ގައި އޭނާ ވިދާޅުވި ގޮތުގައި، މި އެއްބަސްވުން ފާސްކުރާނީ ސައުދީން "އަބްރަހަމް އެކޯޑްސް" ގައި ބައިވެރިވުމުންނެވެ. މި އެއްބަސްވުމުގެ ދަށުން ޔުރޭނިއަމް ފައްކާކުރުމުގެ ފުރުސަތު ސައުދީއަށް ނުލިބޭނެ ކަމަށާއި، މިއީ ހަމައެކަނި އަސްކަރީ ނޫން ބޭނުންތަކަށް ހާއްސަ ޕްރޮގްރާމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ވިދާޅުވި ގޮތުގައި، ސައުދީން އިސްރާއީލާއެކު ގުޅުން ގާއިމުނުކޮށްފިނަމަ މި އެއްބަސްވުން ކުރިއަކަށް ނުގެންދެވޭނެއެވެ.
ޓްރަމްޕްގެ މި ނިންމެވުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ މަރުހަބާ ކިޔާފައެވެ. ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައުދީން އަބްރަހަމް އެކޯޑްސްގައި ބައިވެރިވުމަކީ މެދުއިރުމަތީގެ ސުލްހައަށް އެޅޭ ވަރަށް މުހިންމު ތާރީހީ ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ.
ނަމަވެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ސާފު މަގުޗާޓެއް ނެތި އިސްރާއީލާއެކު ގުޅުން ގާއިމުނުކުރާނެ ކަމަށް ސައުދީން މީގެ ކުރިން ވަނީ ތަކުރާރުކޮށް ބުނެފައެވެ. ޓްރަމްޕްގެ މި ޝަރުތާ ގުޅިގެން ސައުދީ ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސޮއިކޮށްފައިވާ އެއްބަސްވުމަކަށް ސޯޝަލް މީޑިއާ ޕޯސްޓުތަކުން ބަދަލު ނުގެނެވޭނެ ކަމަށް ސައުދީގެ އޮފިޝަލުން ވަނީ ނުރަސްމީކޮށް ބުނެފައެވެ. އެމެރިކާގެ ކޮންގްރެސްއިން މި އެއްބަސްވުން މުރާޖައާކުރުމަށް 90 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް