ޗައިނާގެ ޝަންހާއީގައި ބޭއްވި ބައިނަލްއަގުވާމީ "އެއާ ކާގޯ ޗައިނާ 2026" މައުރަޒުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) ކާގޯ ހިދުމަތްތަކުގެ ފެންވަރާއި ލިބެމުންދާ ކުރިއެރުންތަކުގެ މައުލޫމާތު ހިއްސާކޮށްފިއެވެ.
އެމްއޭސީއެލުން މިއަދު ބުނީ މި މައުރަޒުގެ ތެރެއިން އެމްއޭސީއެލްގެ މައިގަނޑު އަމާޒަކަށްވީ ވީއައިއޭ އަކީ އިންޑިއާ ކަނޑުގެ އެންމެ އިތުބާރު ހުރި ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ހެދުމަށް ހުރި ފުރުސަތުތައް އިޝްތިހާރު ކުރުން ކަމަށެވެ. މިގޮތުން ދުނިޔޭގެ ބޮޑެތި އެއާލައިންތަކާއި، މުދާ އުފުލާ ކުންފުނިތަކުގެ އިތުރުން ލޮޖިސްޓިކްސް ދާއިރާގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގައި، އޭޝިއާގެ މާކެޓުތަކާ އޮތް ގުޅުން ބަދަހިކުރުމަށާއި، ރާއްޖެއަށް އަންނަ ފުރައިޓާ ފުލައިޓުތައް އިތުރުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައިކަމަށް އެމްއޭސީއެލުން ބުންޏެވެ.
އަދި ޔޫރަޕާއި، އުތުރު އެމެރިކާ އަދި ސީއައިއެސް ސަރަހައްދަށް އޮންނަ ވައިގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން މީގެކުރިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 36,367 ޓަނުގެ ކާގޯ ވަނީ ހޭންޑްލްކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ފަސް ޕަސަންޓުގެ ކުރިއެރުމެއްކަން ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ކޮމެންޓް