ޓީއެމްއޭގެ ސީޕްލޭނެއް އަޑިއަށްދާތީ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
މި ހާދިސާ ހިނގީ މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓީއެމްއޭ ޖެޓީގައެވެ.
މި ހާދިސާއާ ގުޅިގެން އެމްއޭސީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއަައިއޭ)ގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓީއެމްއޭ އިން ދުއްވާ ބޯޓެއް ޓެކްސީކުރުމުގެ ތެރޭގައި ހާދިސާއެއް ހިނގާފައިވާކަން ކަށަވަރުކޮށްދޭ ކަމަށެވެ.
މި ހާދިސާ ހިނގުމާއެކު އެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސް (އޭއީއެސް) އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ހާދިސާއާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅުތައް އެޅިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން ވޯޓާ އެއިރޯޑްރޯމް އިން ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި އާންމު އުސޫލުން ކުރިއަށްދާ ކަމަށާއި މިކަމާ ގުޅޭ އިތުރު ތަފްސީލު ހާމަކުރަމުންގެންދާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގިއިރު އޭގައި ފަސިންޖަރުންވެސް ތިއްބެވެ. އޭގެން މީހަކަށް އަނިޔާއެއްނުވި ނަމަވެސް، ކްރޫއަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.
ޓީއެމްއޭ
ޓީއެމްއޭ
ކޮމެންޓް