ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ގާއިމްކުރި ސޯލާ ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް މިއަދު ރަސްމީކޮށް އިފްތިތާހުކޮށް ބޭނުންކުރަން ފަށައިފިއެވެ.
އެންވަޔަރުމެންޓް މިނިސްޓްރީން މިއަދު ބުނީ އެ ނިޒާމުތައް އިފްތިތާހުކޮށްފައިވަނީ މިއަދު ހެނދުނު ރ. ކިނޮޅަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. މިއީ "ޕްރިޕެއަރިން އައުޓަ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް)" މަޝްރޫއުގެ ދަށުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގެ އެހީގައި ހިންގި މަޝްރޫއެއްކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން ރ. އަތޮޅުގެ 13 ރަށެއްގައި އަދި ބ. އަތޮޅުގެ 12 ރަށެއްގައި ވަނީ ޖުމްލަ 6.4 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމުތައް ގާއިމްކޮށްފައިވާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މި ރަށްރަށުގެ ތެރޭގައި ރ. އަތޮޅުގެ އަލިފުށި، ވާދޫ، މަޑުއްވަރީ އަދި ބ. އަތޮޅުގެ އޭދަފުށި، ތުޅާދޫ އަދި ދަރަވަންދޫ ފަދަ ބޮޑެތި އާބާދީތައް ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ ސަބަބުން ކުރާނެ ފައިދާ:
- އަހަރަކު 10.4 ގިގަވޮޓް އަވާގެ ސާފު ހަކަތަ އުފެއްދޭނެ
- އަހަރަކު 3 މިލިއަނަށް ވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ
- ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެ
މިހާތަނަށް މި މަޝްރޫއުގެ ދަށުން 97 ރަށެއްގެ މަސައްކަތް ނިމިފައިވާއިރު، އަންނަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިފަދަ ނިޒާމުތައް ގާއިމްކޮށް ނިންމުމަށް ރާވާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
ކޮމެންޓް