ވޯލްޑް ކަޕް 2026 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސްޕެއިންގެ ރޮޑްރީ ހޯދައިފިއެވެ.
ސްޕެއިންގެ ކެޕްޓަން ރޮޑްރީ މިހާތަނަށް މުބާރާތުގައި އާދަޔާހިލާފު ފޯމެއް ދައްކާފައިވާ އިރު، މިރޭގެ މެޗުގައިވެސް އޭނާ ވަނީ އާޖެންޓީނާ ހިފަހައްޓަން މުހިއްމު ރޯލެއް އަދާކޮށްފައެވެ. 2024 ވަނަ އަހަރު ބެލޮންޑިއޯ ހޯދި ރޮޑްރީ، މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ ބޮޑު އަނިޔާއަކަށްފަހުއެވެ. ރޮޑްރީ، މިދިޔަ ސީޒަނުގައި އޭނާގެ ކްލަބު މެންޗެސްޓާ ސިޓީއަށް ކުޅެފައި ވަނީ ސީޒަނުގެ ފަހުކޮޅުގައި އެކަންޏެވެ. އެއީ ސީޒަނުގެ ބޮޑުބައެއްގައި ސާޖަރީން ރިކަވާވުމަށް މަސައްކަތް ކުރުމަށްފަހުއެވެ.
ރޮޑްރީއަކީ 2024 ވަނަ އަހަރު ސްޕެއިނުން ޔޫރޯ ހޯދިއިރު، އެފަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.
އެންމެ މޮޅު ޒުވާން ތަރިއަކަށް ހޮވުނީ ޕައު ކުބާސީއެވެ. ބާސެލޯނާގެ ސެންޓަ ބެކް ކުބާސީއަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިންގެ ފަހަތުން އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިޔާއެވެ. ސްޕެއިނުން ވޯލްޑް ކަޕްގައި ތަފާތު ޑިފެންސިވް ރެކޯޑެއް ދަމަހައްޓާފައިވާ އިރު، އެޓީމު ކޮޅަށް ވަނީ ޖުމުލަ އެންމެ ގޯލެކެވެ. އެއީ ބެލްޖިއަމާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗުގައެވެ.
އެ ޑިފެންސިވް ރެކޯޑާއެކު ސްޕެއިންގެ ކީޕަރު އުނައި ސިމޮންއަށް ވަނީ މުބާރާތުގެ ރަން އަންގިވެސް ލިބިފައެވެ. މިރޭގެ މެޗުގައި ސިމޮންއަށް ސޭވެއް ކުރަން ނުޖެހި ނިންމާލަން ޖެހުނު އިރު، އެތުލެޓިކް ކްލަބަށް ކުޅެމުންދާ ކީޕަރު ވަނީ ސްވިޕަރެއްގެ ރޯލުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް