13 ރަށެއްގައި 2،100 ހައުސިން ޔުނިޓް ހެދުމަށް ޝައުގުވެރިވާ ދިވެހި ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
އެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރައްޔިތުންނަށް އަތްފޯރާފަށުގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ހޯދައިދިނުމަށާއި، ރަށްތަކުގެ އާބަން ތަރައްގީއަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެކެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ މަސައްކަތަށް ކުރިމަތިލެވޭނީ ހަމައެކަނި 100 ޕަސެންޓް ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށެވެ.
ހައުސިން މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ރަށްތަކާއި އަދަދުތައް:
އެ މަޝްރޫއު އެންމެ ފުޅާކޮށް ކުރިއަށްދާނީ ޅ. ނައިފަރު، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ހިތަދޫގައެވެ. އެއިން ކޮންމެ ރަށެއްގައި 300 ހައުސިން ޔުނިޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އައްޑޫ ފޭދޫގައި 200 ހައުސިން ޔުނިޓް، ލ. ގަން 200 ހައުސިން ޔުނިޓް، އަދި ހއ. ހޯރަފުށި، ރ. އުނގޫފާރު، މ. މުލި އަދި ދ. މީދޫ، މިއިން ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓް ހެދުމަށް ވަނީ އިއުލާނުކޮށްފައެވެ. ބ. ތުޅާދޫގައި 50 ހައުސިން ޔުނިޓް އަދި މަރަދޫ އާއި މަރަދޫފޭދޫގައި ކޮންމެ ރަށަކު 25 ހައުސިން ޔުނިޓު ހެދުމަށް ވަނީ ނިންމާފައެވެ.
މިނިސްޓްރީން ބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ އެ މަޝްރޫއަށް ބޭނުންވާ ބިން ސަރުކާރުން ހިލޭ ފޯރުކޮށްދޭނެ ކަމަށެވެ. މަސައްކަތް ހަވާލުކުރާ ކުންފުނިން ބިން ހަވާލުކުރާތާ ދެ އަހަރު ތެރޭގައި އިމާރާތްތައް ނިންމަންޖެހޭނެކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެ މަޝްރޫއުގެ 60 ޕަސަންޓް ޔުނިޓްތަކަކީ 900 އަކަފޫޓުގެ އެފޯޑަބަލް ހައުސިން ޔުނިޓްތައްކަމަށް މިނިސްޓްރީން ބުންޏެވެ. އެ ތަންތަން އެންމެ އަގުބޮޑުކޮށްވެސް ވިއްކޭނީ 1.5 މިލިއަން ރުފިޔާއަށް ކަމަށާއި، ބާކީ ހުރި 40 ޕަސަންޓް ހައުސިން ޔުނިޓްތައް މާކެޓް ރޭޓުގައި ވިއްކުމުގެ ފުރުސަތު ކޮންޓްރެކްޓަރުންނަށް ލިބޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:00 ކަމަށާއި، ޕްރޮޕޯސަލްތައް ފޮނުވަން ޖެހެނީ [email protected] އީމެއިލް އެޑްރެހަށްކަމަށް މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
ކޮމެންޓް