ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގެ ކުރިން ސްޕެއިނުން ކުރަން އޮތް އެންމެ ފަހު ޕްރެކްޓިސް ކެންސަލް ކުރަން ޖެހިއްޖެއެވެ.

އާޖެންޓީނާއާ ދެކޮޅަށް މާދަމާ ރޭ ކުޅެން އޮތް ފައިނަލްގެ ކުރިން ސްޕެއިނުން ކުރަން އޮތް ޕްރެކްޓިސް ކެންސަލް ކުރަން ޖެހުނީ ވިދާ ގުގުރުމާއެކު ވިއްސާރަ ކުރާތީއެވެ. ސްޕެއިންގެ ތަމްރީނުތައް ކެންސަލް ކުރަން ޖެހުނު ނަމަވެސް އާޖެންޓީނާގެ ފަރިތަކުރުންތައް އަދި ކެންސަލް ކުރަން ޖެހުނުކަން ޔަގީންވެފައެއް ނުވެއެވެ.

ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ މެލަނީ ލޭން ޓްރެއިނިން ގްރައުންޑްގައި ކުރަން އޮތް ތަމްރީނުތަކަށް ބުރުއަރާފައިވާ ކަމަށާއި، އެ ތަމްރީނުތައް ކެންސަލް ކުރަން ޖެހުނީ އެމެރިކާގެ ސޭފްޓީ ޕްރޮޓޮކޯލްގެ ސަބަބުން ކަމަށެވެ. ސްޕެއިން ޓީމުން މިހާރު އިންޑޯ ވާމް އަޕް ސެޝަނެއް ކުރިއަށް ގެންދާ ނިންމާފައިވާ ކަމަށާއި، އިތުރު ތަމްރީނު ސެސަޝަނަކަށް މަސައްކަތް ނުކުރާނެ ކަމަށް ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ބުނެފައިވެއެވެ.

ވޯލްޑް ކަޕް 2010 ވަނަ އަހަރު ތަށި ނެގި ސްޕެއިނުން، 16 އަހަރު ފަހުން އަލުން ވޯލްޑް ކަޕް ހޯދަން މަސައްކަތް ކުރާ އިރު، އާޖެންޓީނާއާ ދެކޮޅަށް ކުޅޭ ފައިނަލް އޮންނާނީ މާދަމާ ރޭ 12:00 ގައެވެ.