މާލޭ ރަށްދެބައިމަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި، ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، ކޮންޓްރޯލް ނުވެ ގޮސް ގުދަނެއްގެ ދޮރުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ރޭ 00:15 އެހައިކަންހާއިރު އެ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގެ ސަބަބުން ދެ ސައިކަލަށާއި ގުދަނުގެ ދޮރަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ޓޯ ކޮށް މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އާއިޝަތު މާހާ
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
ކޮމެންޓް