އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދެމުންދާ ވައިގެ ހަމަލާތައް މެދުކެނޑުމެއްނެތި ހަތްވަނަ ރެޔަކަށް ކުރިއަށް ގެންގޮސްފިއެވެ.
ރޭ 12:16 އާ ހަމަޔަށް މި ހަމަލާތައް ކުރިއަށްދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމެރިކާގެ ކޮމާންޑަރ އިން ޗީފްގެ އަމުރަށް ދެމުންދާ މި ހަމަލާތަކުގެ މައިގަނޑު އަމާޒަކީ އީރާނުގެ އަސްކަރީ ގާބިލުކަން ބަލިކަށިކޮށްލުން ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
އެކްސްގައި އާންމުކުރި ރަސްމީ ބަޔާނެއްގައި އެމެރިކާއިން ވަނީ މި ހަމަލާތަކުގެ މައުލޫމާތު ހާމަކޮށްފައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ. އަދި މިކަމުގެ ސަބަބުން އީރާނުން ސަރަހައްދީ ގައުމުތަކަށް ކޮށްފާނެ ނުރައްކާ ކުޑަކުރެވޭނެ ކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.
މެދުކެނޑުމެއްނެތި އެމެރިކާއިން ދެމުންދާ މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ސަރަހައްދީ ހަމަޖެހުމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މިއީ ފަހުގެ ތާރީހެއްގައި އެމެރިކާއިން އީރާނާ ދެކޮޅަށް މިހާ ދިގު މުއްދަތަކަށް އަސްކަރީ އޮޕަރޭޝަނެއް ހިންގާ ފުރަތަމަ ފަހަރެވެ. މި ހަމަލާތަކާ ގުޅިގެން އީރާނުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް