ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވާލުމުން، ކަނޑުދަތުރުކުރާ ފަރާތްތަކަށާއި، ލޯންޗުފަހަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓު ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި ރައީސް ޑރ. މުއިއްޒު "ވަން" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، މަގުން ބޭރަށް ނެރުނު ބައިގައި ތިން ފަރާތެއްގައި ކީ ވޯލް ޖަހާފައިވާތީ، ލޯންޗުތައް ކައިރިކުރަން ލިބޭ ޖާގަ އިތުރުވެފައިވާ ކަމަށެވެ.
"މިސާލަކަށް މި ބޭރަށް ނެރޭ ބައި ނެރުނީމަ ހަގީގަތުގައި އެ ޝަކުވާ އެއް ނޯންނާނެކަން ނޭނގެ. އެއީ ކުޑަކޮށް ހަނިވާ ވުން އެކަނި މީ ކުޑަވި ކަމަކީ. އެހެންނަމަވެސް މި ބޭރަށް މި ނެރުނު ބައިގަ އެބަހުރި ތިން ފަރާތެއް. ތިން ފަރާތުގަވެސް މިއޮތީ ކީ ވޯލް ޖަހާފަ ކައިރިކުރެވޭ، ލޯންޗްތައް ކައިރިކުރެވޭ. އެ ހަގީގަތުގައި ކައިރިކުރަން ލިބޭ ޖާގަ އިތުރުވީ. އެހެންނޫންތޯ. ކުރީގަވެއްޖިއްޔާ ލިބެން އޮތް ޖާގަޔަށްވުރެ އިތުރުވި ދެ ފަރާތުންވެސް ކީ ވޯލް ތަކެއް އެހެންނޫންތޯ" ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ ހަގީގަތުގަ މިހާރު މި ހުޅުވިގެން ދިޔައިމަ ކުރީގަ ލޯންޗުތައް ކައިރިކުރަން ލިބުނު ޖާގަޔަށްވުރެ އިތުރުވެގެން އެދަނީ. ހަމަ ވަގުތުން އެ ލޯންޗުން ކައިރިވެލާފަ ލޯޑިން އަންލޯޑިން ނޫނީ އެހެން ހުރިހާކަމެއް ފަސޭހަވެގެންދާނެ"
ރައީސް ވިދާޅުވީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ސަރުކާރުން ނިންމީ، އެ މަގު ތަރައްގީކޮށް ނިމުމުން މާލޭގެ އެތެރޭގެ މަގުތަކުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެތީ ކަމަށެވެ.
"ބޭރުމަގު މިފުޅާކޮށް، ޒަމާނީ ގޮތަށް ޑިޒައިން ކޮށްގެން މި ހަދަނީ އޭގެ ފައިދާ މުޅި މާލެއަށް ކުރާނެތީ. ރިންގް ރޯޑް އެއްކޮށް ނިމުމުން މާލޭގެ އެތެރޭގެ މަގުތަކުގެ ޓްރެފިކަށްވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ބޭރުމަގުގެ ބައެއް ސަރަހައްދުތައް ހިއްކައިގެން މަގު ފުޅާކުރުމުގެ ސަބަބުން، ކުރިން މަގުގެ އަރިމަތީގައި ޕާކުކުރި ކުރުން ބަދަލުވެގެންދާނެ ކަމަށެވެ. އެގޮތުން، ހިއްކި ސަރަހައްދުގައި 500 އެއްހާ އުޅަނދު ޕާކުކުރެވޭނެ ޖާގަ ތަނަވަސްވެގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ބޮޑު ފަސޭހައެއް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މުޅި މަޝްރޫއު ނިމޭއިރު، ދަތުރުވެރިން މަޑުކޮށްލައިގެން ތިބޭނެ ހިޔާވާ ތަންތަނާއި ބެންޗުތައް ގާއިމުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް