ޔޫކްރެއިންގެ ވެރިރަށް ކިއޭވްއަށް އަމާޒުކޮށް ރަޝިޔާއިން ރޭ ފަތިހު ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފި ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ބުނެފިއެވެ.
ކިއޭވްގެ މޭޔަރު ވިޓާލީ ކްލިޗްކޯ ޓެލެގްރާމްގައި ވިދާޅުވި ގޮތުގައި، މި ހަމަލާތަކުގައި އެ ސިޓީގެ ހުޅަނގު ސަރަހައްދުގައި ހުރި ގުދަނަކަށް ވަނީ ގެއްލުންވެފައެވެ. އަދި ވައްޓާލި މިސައިލްތަކުގެ ބައިތައް ޑްނީޕްރޯ ކޯރުގެ އިރުމަތީ ފަރާތަށް ވެއްޓި، އެ ދެ ސަރަހައްދުގައި ވެސް އަލިފާން ރޯވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޔޫކްރެއިންގެ ވައިގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، މަދުވެގެން 8 ބެލިސްޓިކް މިސައިލް ކިއޭވްއާ ދިމާއަށް އައިސްފައިވެއެވެ. އިތުރު މިސައިލްތައް ވެރިރަށާ ދިމާއަށް އަންނަމުންދާ ކަމުގެ އިންޒާރު ދީ، ވައިގެ ދިފާއީ ނިޒާމުތައް ހަރަކާތްތެރިވަމުންދާތީ އާންމުން ރައްކާތެރި ތަންތަނުގައި ތިބުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކިއޭވް ސިޓީ މިލިޓަރީ އެޑްމިނިސްޓްރޭޝަނުން ވަނީ ރަޝިޔާގެ ބެލިސްޓިކް ހަތިޔާރުގެ ނުރައްކާ އޮތުމުން ކިއޭވްގެ އިތުރުން އެހެން ބައެއް ސަރަހައްދުތަކުގައި ވެސް އެއަރ-ރެއިޑް އެލާޓް ނެރެފައެވެ. ގާތްގަނޑަކަށް އެއްގަޑިއިރު ފަހުން މި އެލާޓް ބާތިލުކޮށްފައިވާއިރު، ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ ގެއްލުންވި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.
މި ހަމަލާތަކަކީ ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމުތަކަށް، ހާއްސަކޮށް ބެލިސްޓިކް މިސައިލްތައް ވައްޓާލުމަށް ބޭނުންކުރާ އެމެރިކާގެ ޕެޓްރިއަޓް ނިޒާމުގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ދިން ހަމަލާތަކެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ކޮމެންޓް