ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގެ ހާފްޓައިމްގައި ހާއްސަ ޝޯއެއް ބާއްވަން ފީފާއިން ނިންމާފައިވާ އިރު، އެ ޝޯގެ ސަބަބުން ހާފްޓައިމް 20 ނޫނީ 25 މިނެޓަށް ދިގުވެގެން ދާނެ ކަމަށް ބައެއް ނޫސްތަކުން ބުނެފިއެވެ.
ފީފާގެ ފަރާތުން ވޯލްޑް ކަޕްގެ ފައިނަލް އޮގަނައިޒް ކުރާ ފަރާތްތަކާ ހަވާލާ ދީ ނޫސްތަކުން ބުނެފައި ވަނީ ހާފްޓައިމް ޝޯ ކުރިއަށް ގެންދާނެ ސީދާ ގޮތެއް އަދި ރާވާފައި ނުވާ ކަމަށެވެ. އެގޮތުން މިހާރުވެސް އޮންނަ 15 މިނެޓްގެ ބްރޭކް، ބްރޭކްގެ ގޮތުގައި ދޫކޮށްލުމަށްފަހު 11 މިނެޓްގެ ޝޯއެއް އޭގެފަހުން ކުރިއަށް ގެންދިޔުން އެއީ އިވެންޓް ރާވާނެ ކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ ގޮތް ކަމަށްވެސް ނޫސްތައް ބުނެއެވެ.
ފީފާގެ ގަވާއިދު ބުނާގޮތުން ޓީމުތަކަށް ދޭ ހާފްޓައިމް ބްރޭކް، 15 މިނެޓަށްވުރެ އިތުރު ވެގެން ނުވާނެއެވެ. އެހެން ނަމަވެސް، މިދިޔަ އަހަރު އެމެރިކާގައި ފީފާއިން ބޭއްވި ކްލަބު ވޯލްޑް ކަޕްގެ ހާފްޓައިމްވެސް ވަނީ 24 މިނެޓަށް ދެމިގެން ގޮސްފައެވެ. އެފަހަރު ކޯލްޑްޕްލޭއާއި، ޖޭ ބަލްވިން، ޑޯޖާ ކެޓް އަދި ޓެމްސްއާއި އެމެނުއަލް ކެލީ ޕާފޯމް ކޮށްފައިވެއެވެ.
މިފަހަރުގެ ވޯލްޑް ކަޕް ފައިނަލް ފެށުމުގެ ކުރިން ޓޮމް ކްރޫސްއާއި ލޯރާ ޕައުސީނީ، ނިކޯލް ޝާޒިންގާ، ރޮބީ ވިލިއަމްސް އަދި އައިޝޯސްޕީޑްވެސް ޕާފޯމް ކުރާ ގޮތަށް ހަމަޖައްސާފައިވާ އިރު، ހާފްޓައިމް ޝޯއަކީ އެމެރިކާގެ އެންމެ މަގުބޫލު ކުޅިވަރު އިވެންޓް ކަމަށްވާ ސުޕަ ބޯލްއިން ފެނިގެންދާ ސަގާފަތެކެވެ.
ފީފާއިން ވޯލްޑް ކަޕްގެ ހާފްޓައިމް ޝޯއެއް އިތުރުކޮށް، އެ ޝޯގައި ވޯލްޑް ކަޕްގެ ދެވަނަ ތީމް ލަވަ ކިޔާފައިވާ ކޮލަމްބިއާގެ ލަވަކިޔުންތެރިޔާ ޝަކީރާއާއި ކޭ-ޕޮޕް ސުޕަގްރޫޕް ބީޓީއެސްގެ އިތުރުން ޖަސްޓިން ބީބާގެ ޕާފޮމަންސެއްވެސް ފެނިގެންދާނެ ކަމަށް ވަނީ އިއުލާނު ކޮށްފައެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް