ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ދިވެހި ބޭސްވެރިކަމާއި ގުޅުންހުރި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
އެންވަޔަރުމެންޓް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރުއޫގެ ދަށުން ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާ އަދި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ދިވެހި ބޭސްވެރިކަމާއި ގުޅުންހުރި ގަސް އިންދުމުގެ ހަރަކާތެއް މިއަދު ހިޔާ ޕާކު ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ މަތިން ކުރިއަށް ގެންދާ ތިމާވެށި ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަޝްރޫއުއެކެވެ. ފަސް މިލިއަން ގަސް އިންދުމަކީ އެ މަނިކުފާނުގެ ވައުދުފުޅެއްވެސްމެއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ރާއްޖޭގެ ގިނަ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ

ކޮމެންޓް