މަކުނުދޫ އެއާޕޯޓް މަސައްކަތް މަޑުޖެހިފައި ވަނީ، އެ މަސައްކަތްތަކުގެ ސަބަބުން އަންނަ ވައިބްރޭޝަންގެ ޝަކުވާތަކުގެ ސަބަބުން ކަަމަށް މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔތިުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، މަކުނުދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓިފައިވާ މައްސަލައިގައި، މަކުނުދޫ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަފީގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

"މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކައި ނިމި ޝޯ ޕްރޮޓެކްޝަން މަސައްކަތް ނުކުރެވި ލަސްވެފައި އޮވެފައި މިހާރު ކޮންޓްރެކްޓާ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރިއަށް އެބަ ގެންދާ ނަމަވެސް ރައްޔިތުންގެ ފަރާތުން ވައިބްރޭޝަނާ ހެދި ގެތަކަށް ގެއްލުން ލިބޭނެ ކަމުގެ ޝަކުވާއާ އެކު ކޮންމެސް ވަރަކަށް އެ މަސައްކަތް މަޑުޖައްސާލަން ޖެހިފައި އޮތީ،"

މިނިސްޓަރު ވިދާޅުވީ، އެސެސްމެންޓަކާ އެކު އެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެއާޕޯޓުގެ އިންފްރާސްޓްރަކްޗާގެ މަސައްކަތް އެމްޓީސީން ފަށާފައިވާ ކަމަށާއި އެއީ އެއާޕޯޓްގެ މަސައްކަތް އަވަސްކުރުގެ ގޮތުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.