ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތުގެ ސެގްމެންޓް 4 އަދި 5 ގައި ތާރުއެޅުމުގެ މަސައްކަތް ނިންމާ، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަމަށެެވެ. މަގު އާންމުންނަށާއި އެއްގަމު އުޅަނދުފަހަރަށް ހުޅުވާލުމުގެ ކުރިން، އަޅާފައިވާ ތާރުގަނޑު ސާފުކުރުމުގެ މަސައްކަތް އެ ކުންފުނީގެ އެމަޖެންސީ ސާވިސް ޓީމުން އިއްޔެ ވަނީ ކުރިއަށްގެންގޮސްފައިކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަސައްކަތް ކުރުމަށްޓަކައި، އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށްވާ ސަރަހައްދު ބަންދުކުރީ މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. މަގު ބަންދުކުރުމާ ގުޅިގެން ދަތުރުފަތުރަށް ދިމާވި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ނަސަންދުރަ ކައިރި ޖެޓީ ސަރަހައްދަށާއި، ޕޯސްޓް އޮފީހާއި ބާސެލޯސްއާ ދެމެދުގައިވާ ޖެޓީ ސަރަހައްދަށް ފެރީތައް ކައިރިކުރުމުގެ ވަގުތީ ހުއްދަ މިދިޔަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެމްޓީސީސީން ވަނީ ދީފައެވެ.
އެމްޓީސީސީން އިތުރަށް ބުނެފައިވަނީ، އެ ސަރަހައްދު ބޭނުންކުރާއިރު ކުންފުނީގެ މުވައްޒަފުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 1650 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ފާތިމަތު ލިއުޝާ
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު
ކޮމެންޓް