ގުޅީފަޅުން ގޯތި ލިބޭ ހުރިހާ ފަރާތްތަކަށް މިހަފުތާގެ ތެރޭގައި ގޯތި ދީ ނިންމަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓާ އޮފް އިންފްރާ ސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.
ހިއްކާފައިނުވާ ތަންތަނުން މިދިޔަ ސަރުކާރުން ގޯތި ދިން މައްސަލައާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ޒަމީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫއެއް ނަމަވެސް އަދި ކުރީ ސަރުކާރުން ސޮއިކޮށްފައި އޮތް މަޝްރޫއެއް ނަމަވެސް މި ސަރުކާރުން ކުރިއަށް ގެންގޮސް ރައްޔިތުންނަށް އެކަމެއް ކޮށްދިނުން ކަމަށެވެ.
އެކަމަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް ބޯހިޔާވަހިކަން ދިނުމަށް ގުޅީފަޅުން ހުޅުވައިލި މަސައްކަތް ނިންމައި މި ހަފުތާ ތެރޭގައި ގޯތި ހަވާލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"މިހާރު ގުޅީފަޅުގެ މަސައްކަތް ނިންމައި، ގުޅިފަޅު އިރާދަކުރެއްވިއްޔާމު މި ހަފުތާ ތެރޭގައި އަޅުގަނޑު މި ބަލަނީ ގޯތި ދެވެން ހުރި ހުރިހާ ފަރާތްތަކަށްވެސް ޑިޖިޓަލްކޮށް އެބޭފުޅުންނަށް، އެބޭފުޅުންގެ ގޯތި ސީދާ ފެންނަގޮތަށް ބަލައިފައި އެ ގޯއްޗާ ހަވާލު ވުމުގެ ފުރުސަތު ދޭން، އަދި އެތާގަ ވަށާފާރު ލުމުގެ ފުރުސަތު ވެސް ވަރަށް އަވަހަށް ހުޅުވާލަން މަސައްކަތް ކުރަމުން މިދަނީ،"
މިނިސްޓަރު ވިދާޅުވީ، ބޯހިޔާވަހި ކަމުގެ މަޝްރޫއުގައި ހިމެނޭ، ހުޅުމާލެ ފޭސް ތިނެއްގެ ގާތް ގަނޑަަކަށް ހުރިހާ ގޯތިތަކެއް ހަވާލުކޮށް ނިމިއްޖެ ކަމަށެވެ.
"އަދި ގިރާވަރުގައި އިތުރަށް އަދި 50 ހެކްޓަރު ހިއްކަން އެބައޮތް، މިއީ މިޑްލްއީސްޓް ކްރައިސަސްއާ އެކު އޭރު ކުރަމުން އައި މަސައްކަތް މަޑުޖެހިފައި، އަނެއްކާވެސް މި މަސްތެރޭގައި މަސައްކަތް ފެށިގެންދާނެ،"
މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެތަނުން ގޯތި ލިބުނު ފަރާތްތަަކަށް ގޯތި ހަވާލުކުރުން ކުރިއަށް ގެންދަވާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް